28 މާރިޗު 2025 - 08:14 0
28 މާރިޗު 2025 - 08:14 0
އަންކާރާ، ތުރުކީ (މާޗު 25) - ތުރުކީގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީގެ ފަރާތުން ވާދަކުރާނެ ކަމަށް ބެލެވޭ އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމާމޮގްލޫ ޖަލުގައި ބަންދުކުރުމާ ގުޅިގެން އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން 1،900 މީހުން ހައްޔަރުކޮށްފި އެވެ.
އިމާމޮގްލޫ އާއި އޭނާގެ އަރިސް ހަތަރު މީހަކު ބަންދުކުރީ ކޮރަޕްޝަނާއި ޓެރަރިޒަމްގެ ތުހުމަތުކޮށްފަ އެވެ. އެ މީހުންގެ މައްޗަށް އަވަސް ޝަރީއަތްތަކެއް ހިންގައި ޖަލަށްލުމަށް ހުކުމްް ކުރާނެ ކަމަށް ބެލެވެ އެވެ. އެ ހުރިހާ ތުހުމަތަކަށް އިމަމޮގްލޫ ވަނީ އިންކާރު ކުރައްވާފަ އެވެ.
އޭނާއާ ދެކޮޅަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ތުރުކީއަށް ވާގިވެރިވާ ގައުމުތަކުން ވެސް ވަނީ ބުނެފަ އެވެ. އަދި އޭނާ ހައްޔަރުކުރީ ރައީސް ރަޖަބް ތައްޔަބު އުރުދުގާންގެ ވާދަވެރިންނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އިމާމޮގްލޫގެ ގާނޫނީ ވަކީލު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ވެސް ހައްޔަރުކޮށްފައި ވަނީ ފްރޭމް ކޮށްފައި ކަމަށް ތުހުމަތު ކުރެވެ އެވެ. އޭގެ އިތުރުން އެއްވުންތައް ކަވަރު ކުރަމުންދިޔަ ނޫސްވެރިންތަކެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 260 މީހުންނާ ދެކޮޅަށް ވަނީ ދައުވާ އުފުލާފަ އެވެ. އުރުދުގާންގެ މި އަމަލުތަކަކީ ޑިމޮކްރަސީއާ ދެކޮޅަށް ކުރަމުންދާ ބަގާވާތެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފަ އެވެ.
އުމުރުން 54 އަހަރުގެ އިމާމޮގްލޫއާ ދެކޮޅަށް ސިޔާސީ ދައުވާއެއް އުފުލާފައި މިވަނީ އޭނާއަށް ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ރިޔާސީ ޓިކެޓު އަރުވަން ތައްޔާރުވެފައި ވަނިކޮށެވެ. އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި 15 މިލިއަން ވޯޓު އޭނާ ކާމިޔާބު ކުރެއްވި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment