Advertisement

ފެނަކައިން ބާ ޖެނެރޭޓަރުތަކެއް ގަތް ކަމުގެ ތުހުމަތު

27 މާރިޗު 2025 - 22:12 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ފެނަކައިން ބާ ޖެނެރޭޓަރުތަކެއް ގަތް ކަމުގެ ތުހުމަތު

27 މާރިޗު 2025 - 22:12 2

ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އޮންނަ ފެނަކަ ކޯޕަރޭޝަނުން ހިދުމަތްދޭ ރަށްރަށުގައި ހުރި ޖަނަރޭޓަރުތައް އާކުރަން ކަމަށް ބުނެ, ބާ ޖެނެރޭޓަރުތަކެއް ގެނައި ކަމުގެ ތުހުމަތު އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔެކިޔުންތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ފެނަކައަށް މި ތުހުމަތު އަމާޒުކުރީ, މެނުފެކްޗަރިން ދުވަސް ބަދަލުކޮށްގެން ބައެއް ޖެނެރޭޓަރުތައް ގަނެފައިވާތީ އެވެ. މި މައްސަލަ ފެންމަތިވީ, އައްޑޫ ސިޓީއަށް ފޮނުވި ޖަނަރޭޓަރުތަކާ ގުޅުވަ އެވެ.

ފެނަކައަށް މި ތުހުމަތުތައް އަމާޒުވީ ނަމަވެސް އެ ކުންފުނިން މި މައްސަލައިގައި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި އެކަމާ ގުޅިގެން ފެނަކައިގެ ބަހެއް ހޯދުމަށް މި ނޫހުން މަސައްކަތް ކުރި ނަމަވެސް އެ ކުންފުނީގެ ބަހެއް ނުލިބެ އެވެ.

ފެނަކައިން އިންޑިއާ ކުންފުނިތަކެއް މެދުވެރިކޮށް ޖެނެރޭޓަރުތަކެއް ގަނެފައިވާ މުއާމަލާތުގެ ލިޔެކިޔުންތައް އަދަދު އަށް ވަނީ ލިބިފަ އެވެ. އެ ލިޔެކިޔުންތަކާ ގުޅާ ތަފުސީލީ ތަހުގީގީ ރިޕޯޓެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި ނޫހުން ޝާއިއުކުރާނަމެވެ.

ފެނަކައަށް މި ތުހުމަތުތައް އަމާޒުވެފައިވާއިރު, މި އަހަރު ފެށުނީއްސުރެން އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އެ ކުންފުންޏަކަށް ހައްލުނުކުރެ އެވެ. ފެނަކައިން އެންމެ ފަހުން ބުނީ އެންމެ ފަހުން ފޮނުވި 1.8 ކިލޯވޮޓުގެ ޖަނަރޭޓަރާއެކީ މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

ފެނަކައިން މިހެން ބުނިއިރު, މި ރޯދަ މަސް ފެށުމުގެ ކުރިން އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނެ ކަމަށް ކުރިން ބުނެފައިވެ އެވެ.