22 minutes 0
ލީވާން އަލީ ނާސިރު
22 minutes 0
ހެންވޭރުގެ ބޮޑު ސަރަހައްދަކުން މިއަދު މެންދުރު ފަހު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތަށް މިއަދުގެ މެންދުރު ފަހު 2:00 އިން 4:00 އާ ދެމެދު ކަރަންޓު ކެނޑުން އެކަށީގެންވަނީ ކަލާފާނު ހިނގުން ހިމެނޭ ސަރަހައްދުން ކަމަށެވެ.
އެމްވީ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު ހެނދުނު 6:00 - 6:30 އާ ދެމެދު ގަލޮޅާއި، މައްޗަންގޮޅީގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތު ކޮޅަކަށް ކަރަންޓު ދާނެ ކަމަށް ސްޓެލްކޯއިން އިއުލާނުކޮށްފައިވެ އެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ދަނީ ތަކުރާރު ވަމުންނެވެ.
މުޅި މާލެ އާއި ހުޅުމާލެއިން ޖޫން 1، ގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކެނޑުނުއިރު، މާލެ އާއި ހުޅުމާލެއަށް ކަރަންޓު އަލުން ދެވުނީ ފަސް ގަޑިއިރު ފަހުންނެވެ.
މާލެއިން ތަކުރާރުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުންދާ މައިގަނޑު ސަބަބަކީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގެ ތެޔޮ ޓޭންކުތަކަށް ބަރާބަރަށް ތެޔޮ ނޭޅޭތީ ކަމަށް އިތުބާރު ހިފޭ މަސްދަރުތަކުން ކުރިން އަދަދު ނޫހަށް އަށް ދީފައިވެ އެވެ.
Comment