26 މާރިޗު 2025 - 16:46 3
ލީވާން އަލީ ނާސިރު
އެމްޑީޕީ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ސަރުކާރުން ދުރާލައި މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު
26 މާރިޗު 2025 - 16:46 3
އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރަން މި ސަރުކާރުން ދުރާލައި މަސައްކަތެއް ނުކުރާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަށްރަށުގައި ހުރި ކަރަންޓުގެ މައްސަލަތައް ރޯދަ މަހާ ދިމާކޮށް ހައްލުކުރަން ސަރުކާރަކުން ތައްޔާރު ނުވާ މިއީ ފުރަތަމަ އަހަރު ކަމަށާއި ފޫނުބެއްދޭ ވަރުގެ ގެއްލުން އައްޑޫގެ ރައްޔިތުންނަށް ލިބެމުންދާއިރު މިއީ ދުރާލައި ތައްޔާރުވިނަމަ ހައްލެއް ހޯދޭނެ ކަމެއް ކަމަށެވެ.
"ހައްލު ކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވަނީ އިހުލާސްތެރިކަމެއް ނެތި، އެނގި ތިބެ. އެތައް ގޮތަކުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް އައްޑޫގެ ރައްޔިތުންނަށް ލިބެމުންދާއިރު މިއީ ދުރާލައި ތައްޔާރުވިނަމަ ހައްލެއް ހޯދޭނެ ކަމެއް. ވޭތުވެ ދިޔަ ތަނގާއި ހުރިހާ ސަރުކާރުތަކަކުންވެސް ރޯދަ މަހަށް ހާއްސަ ސަމާލުކަމެއްދީގެން ތައްޔާރީތައްވޭ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ރައްޔިތުން އަސާސީ ހައްގަކުން މަހުރޫމްކޮށް ބޮޑު ތަކުލީފެއް އުފުލަން މަޖުބޫރު ކުރީ މި ނާގާބިލު ސަރުކާރަށް އެނގި ތިބެ ކަމަށެވެ.
މީގެއިތުރުން ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އާވިސްނުންތަކަށް ޖާގަދީ ކޮމިއުނިޓީ އަދި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކޮށް އިއާދަކުރަނިވި ހަކަތަ އާއި އެހެނިހެން އާ އީޖާދުތައް ހިމެނޭ ކަރަންޓު ގްރިޑެއް ބިނާކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ކަރަންޓުގެ ކަންކަން މެނޭޖްކުރުމުގެ އާ ގޮތްތައް ބޭނުންކޮށް އެ މަގަށް ކަންކަން ފަހި ކުރުމަށް މިވަގުތު އަމަލުކުރަމުންދާ ހަކަތައާ ގުޅޭ ސިޔާސަތުތަކާއި ގަވާއިދުތަކާ މެދު އަލުން ވިސްނަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލަ ރޯދަ މަސް ނިމުމުގެ ކުރިން ހައްލުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެބްރުއަރީ 24، ގައި ވިދާޅުވި އެވެ. ނަމަވެސް ރޯދަ މަސް ތެރޭގައި ވެސް އަދި އޭގެ ކުރިން ވެސް އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ނުވެ، އެ ސިޓީގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ.
ފެނަކައިން މީގެ ކުރިން ބުނެފައި ވަނީ އެ ކުންފުނީގެ އައްޑޫ ބްރާންޗުން ކަރަންޓު އުފެއްދެނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ މިންވަރަށް 1000 ކިލޯވޮޓު މަދުން ކަމަށެވެ. އިއްޔެ ޖެނެރޭޓަރެއް ހަލާކުވެގެން ހުއްޓުމާއެކު، އައްޑޫއަށް 24 ގަޑިއިރު ކަރަންޓު ދޭން ބޭނުންވާ މިންވަރަށްވުރެ، އުފެއްދޭ މިންވަރު 2000 ކިލޯވޮޓު މަދުވާނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ގޫބަޑާ ޔާސިރު ގދ.ހަވަރު ތިނަދޫ
4 days ago
ދުރާލާ ތައްޔާރުވާނެކަމަށް 5 އަހަރުގެ ދައުރެއް ދިނީމާ ތައްޔާރުތިވީ 5 އަހަރުގެ ދައުރު ނިންމުމުގެ ކުރިން ދައުލަތުގެ ހުރި ފައިސާކޮޅު ހިފައުގެން ބަޗަންވިއްޔާއެވެ
ެައަޑަފި
4 days ago
ނިމުނު ވެރިކަމުގަ ހައްލުކޮށްފަ އޮތްނަމަދޯ.
އެއްކަމެއްވެސް ރަނގަޅަށް ނުދޭ
4 days ago
މޑޕ އަށް އެއްޗެހި ގޮވަމުން އައި މީހުންގެ ފެންވަރު ފެނުނީމަ ގިސްލަން.
Comment