ބަންގްލަދޭޝްއާ އެކު އޮތް ގުޅުން ކުރިއަރާނެކަން ޔަގީން: ރައީސް މުއިއްޒު

26 މާރިޗު 2025 - 10:49 0

ލީވާން އަލީ ނާސިރު

ލ

ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) -- ފޮޓޯ: ރައީސް އޮފީސް


ބަންގްލަދޭޝްއާ އެކު އޮތް ގުޅުން ކުރިއަރާނެކަން ޔަގީން: ރައީސް މުއިއްޒު

26 މާރިޗު 2025 - 10:49 0

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން ކުރިއަރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ ބަންގްލަދޭޝްގެ 54 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީނަށާއި، ވަގުތީ ޗީފް އެޑްވަޒައިރު ޑރ. މުހައްމަދު ޔޫނުސްއަށާއި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިއްޔާ ފޮނުއްވަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ތަފާތު ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމުގައި ދެމިތިބެ، ދެ ގައުމަށް ވެސް މަންފާ އިތުރުވާނޭ ފަދަ ގޮތެއްގައި މިގުޅުން ކުރިއަރަމުންދާނޭކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

"ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަ ގާތް އަދި މުހްތަރަމް ގުޅުން ހަރުދަނާކޮށްދެނީ، ސަރަޙައްދީ ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި ފަރުދީ ފެންވަރުގައި ގުޅުންބަދަހި ކުރުމާމެދު ދެ ގައުމުން ހިއްސާކުރާ ގަބޫލުކުރުންތައް،" އެމަނިކުފާނު ވިދާޅުވި އެވެ.

ބަންގްލަދޭޝަށް މިނިވަންކަން ލިބުނީ މާޗު 26، 1971 ގަ އެވެ. ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އަބަދުވެސް އޮންނަނީ ގާތް ގުޅުމެއްކަން ފާހަގަކުރެވެ އެވެ.