އުރުދުގާން އާ ދެކޮޅަށް ތުރުކީގައި ކުރަމުންދާ މުޒާހަރާތައް ކަވަރުކުރަމުންދިޔަ ހަތް ނޫސްވެރިޔަކު ހައްޔަރުކޮށްފި

26 މާރިޗު 2025 - 08:10 1

އަހުމަދު އާއިދު

އ

ތުރުކީގެ ރައީސް ރަޖަބް ތައްޔަބު އުރުދުގާން ގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން --- ފޮޓޯ: އޭޕީ


އުރުދުގާން އާ ދެކޮޅަށް ތުރުކީގައި ކުރަމުންދާ މުޒާހަރާތައް ކަވަރުކުރަމުންދިޔަ ހަތް ނޫސްވެރިޔަކު ހައްޔަރުކޮށްފި

26 މާރިޗު 2025 - 08:10 1

އަންކާރާ، ތުރުކީ (މާޗު 25) - ތުރުކީގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީގެ ފަރާތުން ވާދަކުރާނެ ކަމަށް ބެލެވޭ އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމާމޮގްލޫ ޖަލުގައި ބަންދުކުރުމާ ގުޅިގެން އެ ގައުމުގައި ކުރަމުންދާ މުޒާހަރާތައް ކަވަރުކުރަމުންދިޔަ ހަތް ނޫސްވެރިޔަކު ހައްޔަރުކޮށްފި އެވެ.

މީގެ ތެރޭގައި ފްރާންސްގެ ނިއުސް އެޖެންސީ އޭއެފްޕީ ގެ ފޮޓޯ ޖާނަލިސްޓަކުވެސް ހިމެނެ އެވެ. މިކަން ކުށްވެރިކޮށް އޭއެފްޕީ އިން ބުނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ތުރުކީގެ ސަރުކާރުން ފާޅުގައި ދިން ހަމަލާއެއް ކަމަށެވެ. އަދި ފޮޓޯ ޖާނަލިސްޓު ޔަސިން އަކުލް ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވާލި އޭއެފްޕީ އިން ވަނީ ގޮވާލާފަ އެވެ.

ޔަސިން އަދި އިތުރަށް ހައްޔަރުކުރި ހަ ނޫސްވެރިންގެ ބަންދަށް ކޯޓުން ވަނީ މުއްދަތުވެސް ޖަހާފަ އެވެ. ޔަސިން ދޫކޮށްލުމަށް އެދި އޭއެފްޕީގެ ޗެއާމަން ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔަބު އުރުދުގާން އަށް ސިޓީއެއްވެސް ފޮނުވާފަ އެވެ.

އިމާމޮގްލޫ އާއި އޭނާގެ އަރިސް ހަތަރު މީހަކު ބަންދުކުރީ ކޮރަޕްޝަނާއި ޓެރަރިޒަމްގެ ތުހުމަތުކޮށްފަ އެވެ. އެ މީހުންގެ މައްޗަށް އަވަސް ޝަރީއަތްތަކެއް ހިންގައި ޖަލަށްލުމަށް ހުކުމްް ކުރާނެ ކަމަށް ބެލެވެ އެވެ. އެ ހުރިހާ ތުހުމަތަކަށް އިމަމޮގްލޫ ވަނީ އިންކާރު ކުރައްވާފަ އެވެ.

މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 1،418 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އާދީއްތަ ދުވަހުގެ ރޭގެ މުޒާހަރާތައް ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރުމުން އެތައް މުޒާހަރާވެރިންނަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ވަނީ ޖެހިފަ އެވެ.

މި މުޒާހަރާތައް ފެށުމަށްފަހު އަދި އޭގެ ކުރިންވެސް ތުރުކީގައި ދިގު ވެރިކަމެއް ކުރައްވަމުން އަންނަ އުރުދުގާންގެ ސަރުކާރުގެ ކަންކަމަށް ފާޑުކިޔާ ނޫސްވެރިންނާއި ނޫސްތަކަށް ސަރުކާރުން ދަނީ އެކި ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނާ ގޮތުގައި އުރުދުގާންގެ ސަރުކާރުން އެ ފަރާތްތަކާ ދެކޮޅު އަދި ފާޑުކިޔުން އަމާޒުކުރާ ނޫސްތަކުގެ ނޫސްވެރިންނަށް ދީފައިވާ ފާސްތައް އަތުލުމާއި އިތުރު ބިރުދެއްކުމުގެ އަމަލުތައްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި ތުރުކީގެ %90 ނޫސްތައް ކޮންޓްރޯލް ކުރަނީ އުުރުދުގާންގެ ސަރުކާރުންނެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


މުލޭ

3 days ago

ނޫސްވެރިކަމުގެ މިންގަނޑުން ބޭރުވީމަ ތުރުކީގައި ވެސް އެމއރިކާގައި ވެސް ދިވެހިިރާއްޖޭގައި ވެސް ހައްޔަރުކުރާނެެ. އެއީ ކޮންމެހެން ނޫސްވެރިއަކަށްވާތީ ކުރާކަމެއްނޫން. މަޖުލިސް މެންބަރުން ވެސް މުޒާހަރާ ތެެރެއިން ހައްޔަރުކުރޭ. އެއީ މަޖުލިސް މެންބަރަކަށް ވާތީއެއްނޫން. ބައެއް މީހުންނަށް ހީވަނީ ކޮންމެ ގޮތަކަށް އުޅުނަސް ވަކި މަސައްކަތެއްކުރާ މީހެއް ހައްޔަރު ނުކުރެވޭނެކަމަށް.