26 މާރިޗު 2025 - 03:06 0
26 މާރިޗު 2025 - 03:06 0
މެޑްރިޑް (މާޗް 26) - ލިވަޕޫލަށް ކުޅެމުން އަންނަ އިނގިރޭސި ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑާ ގުޅުމުގެ ޑީލް ނިމުމަކާ ގާތަށް ޖެހިލައިފައިވާ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
މި ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި އާނޯލްޑަށް އެ ކްލަބުން އެއްބަސްވުން އާ ކުރަން ހުށަހެޅި ހުރިހާ ޕްރޮޕޯސަލަކަށް މިހާތަަނަށް އޭނާ ވަނީ ފުރަގަސްދީފަ އެވެ.
އެ ގޮތުން، ޖެނުއަރީ އެކަކުން ފެށިގެން އާނޯލްޑް އަށް އިނގިރޭސި ނޫން ކްލަބްތަކާ އެކު، ޓްރާންސްފާގެ މަޝްވަރާތައް ކުރެވޭ ގޮތަށް އޮތްއިރު، ރެއާލުން ވަނީ އެ މަސައްކަތް ފަށައިފަ އެވެ. އެއީ، ޖުލައި، އެއް ވަނަ ދުވަހު ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބަކަށް ބަދަލުވާ ގޮތަށް ޕްރީ އެގްރީމެންޓެއް ހެދުމަށެވެ.
ޖެނުއަރީ ޓްރާންސްފާ މާކެޓްގެ ތެރޭ އާނޯލްޑް، ސްޕެއިނުގެ ގަދަބާރު ރެއާލަށް ވިއްކާލެވެން ނެތް ކަމަށް ލިވަޕޫލުން ވަނީ އަންގައިފަ އެވެ. އެކަމަކު، ފަހުން އާނޯލްޑް ވަނީ ރެއާލާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސް، އެ ކްލަބުން ހުށަހެޅި ފަސް އަހަރުގެ އޮފާ އަށް އަނގަބަހުން އެއްބަސްވެފައި ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ލިވަޕޫލުގެ ވައިސް ކެޕްޓަނުންގެ ތެރޭގައި ވެސް ހިމެނޭ އާނޯލްޑް މި ވަގުތު ހުރީ އަނިޔާއެއްގަ އެވެ. ލިވަޕޫލްގެ ކޯޗުކަމުގައި ޔާގަން ކްލޮޕް ހޭދަކުރި ނުވަ އަހަރު ތެރޭ، އޭނާ ވަނީ އެކެޑަމީގެ ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ ޓީމާ ހަމައަށް ގެނެސްފަ އެވެ. އޭގެ ތެރެއިން، އެންމެ ބޮޑު ތަފާތެއް ދެއްކި ކުޅުންތެރިއަކީ، އާނޯލްޑް އެވެ. ލިވަޕޫލަށް 300 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ އާނޯލްޑް ވަނީ ކްލަބް ލެވަލްގައި ހޯދޭނެ ބޮޑު ހުރިހާ ތަށްޓެއް ލިވަޕޫލްގައި ހުރެ ހާސިލްކޮށްފަ އެެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment