24 މާރިޗު 2025 - 16:50 1
މުހައްމަދު ޝަހްޒާން
އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލު ނުލިބޭތީ އެ ސިޓީގައި މީގެ ކުރިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: ކިޔުންތެރިއެއް
24 މާރިޗު 2025 - 16:50 1
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބޭނުންކުރަމުންދިޔަ 1000 ކިލޯވޮޓުގެ ޖެނެރޭޓަރަކަށް އަނެއްކާވެސް މައްސަލަ ދިމާވެ އެ ރަށްތަކުން ކަރަންޓު ކަނޑާ ވަގުތު އިތުރު ކުރަން ޖެހިފައިވާ ކަމަށް ފެނަކައިން ބުނެފި އެވެ.
ފެނަކައިން އައްޑޫ ރައްޔިތުންނަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދިޔަ 1000 ކިލޯވޮޓުގެ ޖެނެރޭޓަރަކަށް މައްސަލަ ދިމާވެ ހުއްޓިފައިވާ ކަމަށެވެ.
"ތާވަލު ކުރެވުނު ގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް 1000 ކ.ވ ގެ އިންޖީނަކަށް މައްސަލަ ދިމާވެ ހުއްތިފައި ވާތީ، ކަރަންޓު ކަނޑަންޖެހޭ ވަގުތު އިތުރު ކުރަން ޖެހިފައިވާ ވާހަކަ ދަންނަވަން،" ފެނަކައިން ފޮނުވި މެސެޖުގައި ބުންޏެވެ.
ފެނަކައިން މީގެ ކުރިން ބުނެފައި ވަނީ އެ ކުންފުނީގެ އައްޑޫ ބްރާންޗުން ކަރަންޓު އުފެއްދެނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ މިންވަރަށް 1000 ކިލޯވޮޓު މަދުން ކަމަށެވެ. އެހެންކަމުން މިއަދު މައްސަލަ ދިމާވި ޖެނެރޭޓަރު ހުއްޓުމާއެކު، އައްޑޫއަށް 24 ގަޑިއިރު ކަރަންޓު ދޭން ބޭނުންވާ މިންވަރަށްވުރެ، އުފެއްދޭ މިންވަރު 2000 ކިލޯވޮޓު މަދުވާނެ އެވެ.
ރޯދަ މަސް ފެށުމުގެ ކުރިން އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރާނެ ކަމަށް އެ ކުންފުނިން ދިޔައީ މީގެ ކުރިން ބުނަމުންނެވެ. މައްސަލަ ހައްލުކުރުމަށް ސްޓެލްކޯ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވަޓްގެ ޖެނެރޭޓަރު ސެޓެއް އައްޑޫއަށް ގެންގޮސް ހަލާކުވެފައިވާ ތިން ޖެނެރޭޓަރުގެ މަރާމާތު ކުރުމުންދާ ކަމަށް ފެބްރުއަރީ 17، ގައި ފެނަކައިން ބުންޏެވެ.
ނަމަވެސް، ކަރަންޓުގެ މައްސަލަ ހައްލުނުވެ، މި ރޯދަ މަހު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދަނީ ކޮންމެ ދުވަހަކު ވެސް ކަރަންޓު ކަނޑަމުންނެވެ. އައްޑޫގައި ދިރިއުޅޭ ރައްޔިތުންނާއި މަޖިލިސް މެންބަރުން ވެސް ދަނީ ސޯޝަލް މީޑިއާގައި އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ވަގުތުން ވަގުތަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހިމް ނާޒިލް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގައި އޮތް ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީން ވަނީ ބޭރުކޮށްލާފަ އެވެ.
އެ މައްސަލަ ބަލައިގަތުމަށް ޕީއެންސީން ވޯޓު ދެއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން އެކަންޏެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކިހާދެރަކަމެއް، އަސާސީ ހައްގެއް އަދިވެސް ކުލަބޮކި ދިއްލާ
2 days ago
އައްޑޫގަ ތިބޭނެ މިކަންކުރެވޭނެ ގާބިލް ކުދިން، ސަރުކާރަށް ނުވާނަމަ ދޫކޮށްލާ، އައްޑޫރައްޔިތުން މެނޭޖްކުރަން.
Comment