މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލްއަކަށް މައުސޫމް ހަމަޖައްސައިފި

24 މާރިޗު 2025 - 13:43 0

ލީވާން އަލީ ނާސިރު

ލ

އެމްބީއެސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަހުމަދު މައުސޫމް


މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލްއަކަށް މައުސޫމް ހަމަޖައްސައިފި

24 މާރިޗު 2025 - 13:43 0

ތެލެސީމިއާ ޕޭޝަންޓުންނަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ހިދުމަތް ދޭ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ކުރި މުޒާހަރާއާ އެކު އެތަނުގެ ހާލަތު ރަނގަޅު ކުރުމަށް ހުސްވެފައިވާ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަހުމަދު މައުސޫމް މިއަދު ހަމަޖައްސައިފި އެވެ.

މީގެ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތްކުރި މައުސޫމް އަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.

ހެލްތު މިނިސްޓްރީން ބުނީ އެމްބީއެސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްއަކާއި ޑިރެކްޓަރެއްގެ މަގާމަށް ވެސް ދެ ބޭފުޅުންނާއި އަދި ފިޒީޝަނެއް ވެސް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.

މީގެ އިތުރުން މިވަގުތަށް އެމްބިއެސްއަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށް މިއަދު އިއުލާންކޮށްފައިވާއިރު، އެހެނިހެން އިދާރީ މުވައްޒަފުން ވެސް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ތެލެސީމިއާ ޕޭޝަންޓުން ކުރި މުޒާހަރާއާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާއި ވެރިންނާއި ބައްދަލުކުރައްވައި އެތަނުގެ ހާލަތު ދެނެގަނެ، ބައެއް ބަދަލުތައް ގެންނަން ނިންމާފަ އެވެ.

ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލުކުރުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ.