Advertisement

މިހާ އަވަހަށް ރަށްރަށުގައި އޭޓީއެމް ބެހެއްޓިދާނެ ކަމަށް ކުރިން ގަބޫލެއް ނުކުރޭ: ސައީދު

24 މާރިޗު 2025 - 13:42 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އުތީމުގައި ބީއެމްއެލުން ބެހެއްޓި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު، ސައީދު އާއެކު އެ ދާއިރާގެ މަޖިލިސް މެންބަރު ބައިވެރިވަނީ -- ފޮޓޯ: މުހައްމަދު ސައީދު


މިހާ އަވަހަށް ރަށްރަށުގައި އޭޓީއެމް ބެހެއްޓިދާނެ ކަމަށް ކުރިން ގަބޫލެއް ނުކުރޭ: ސައީދު

24 މާރިޗު 2025 - 13:42 2

ރާއްޖޭގެ ރަށްރަށުގައި އޭޓީއެމްތައް މިހާރު ބަހައްޓަމުންދާ ހަލުވިމިނުގައި އޭޓީއެމްތަކެއް ބެހެއްޓިދާނެ ކަމަށް މީގެ ކުރިން ބަޔަކު ގަބޫލު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ހއ. އުތީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިހާރު އޭޓީއެމްގެ ހިދުމަތް ރަށްރަށަށް ދެމުން ދަނީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށެވެ.

"އޭޓީއެމް ބެހެއްޓިދާނެ ކަމަކަށް މީގެ ކުރިން ބަޔަކު ގަބޫލެއް ނުކުރާނެ މިހާ އަވަހަށް، އެހެން ނަމަވެސް މިހާރު މިދަނީ ކުޑަ ރަށެއް ބޮޑު ރަށެއް އެއްވެސް ކަހަލަ ހިލާފުވުމެއް ނޯންނަ ކަހަލަ ގޮތަށް، ބާކީ ނުވާނެ ގޮތަށް، އޭޓީއެމްގެ ހިދުމަތްތައް ފެށި، އެ ހިދުމަތް ދެމުން،" ސައީދު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް، އޭޓީއެމްގެ ހިދުމަތަކީ ބީއެމްއެލްގެ އަމިއްލަ ހަރަދުގައި ރަށްރަށަށް ތައާރަފު ކުރާ ހިދުމަތެކެވެ. މީގެ ކުރިން ވެސް އަދި މިހާރު ވެސް އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރަނީ އެ ގޮތަށެވެ.

އެހެން އެކަން އޮތް ނަމަވެސް، އޭޓީއެމްގެ ހިދުމަތަކީ ސަރުކާރުން ދޭ ހިދުމަތެއް ކަމަށް ސިފަވާ ގޮތަށް ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އުތީމުގައި އޭޓީއެމެއް ބެހެއްޓުމަކީ އެ ރަށުގެ ރައްޔިތުންނަށް މި ފަހުން ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ކަށަވަރު ރައްޔިތުންނަށް މިދިޔަ ކުޑަ ދުވަސްކޮޅު ތެރޭގައި ލިބިގެންދާނެ އެންމެ ބޮޑު އުފަލަކީ މިއީ،" ސައީދު ވިދާޅުވި އެވެ.

އުތީމުގެ އިތުރުން އެ އަތޮޅު ތަކަންދޫގައި ވެސް އޭޓީއެމެއް ބަހައްޓައި މިއަދު ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ.