24 މާރިޗު 2025 - 03:47 0
ލީވާން އަލީ ނާސިރު
24 މާރިޗު 2025 - 03:47 0
ޕާކިސްތާނު ސިފައިން އަފްގާނިސްތާނު ހުޅަނގު ބޯޑަރު ކައިރީގައި ހަރަކާތްތެރިވި ހަތިޔާރުއެޅި 16 މީހުން މަރާލައިފި އެވެ.
ޕާކިސްތާނުގެ އާމީން ބުނީ ބޯޑަރު ކައިރީ ހަރަކާތްތެރިވި އެ ގައުމުގެ ސިފައިންނާއި ހަތިޔާރު އެޅި މީހުންނާ ދެމެދު ހަމަލާ ބަދަލުވުންތަކެއް ކުރިއަށް ގެންގޮސްގެން ކަމަށެވެ.
"ޕާކިސްތާނުގެ ސިފައިން ބޯޑަރު ހިމާޔަތް ކުރުމަށް ކުރި ބުރަ މަސައްކަތުން ހަތިޔާރު އެޅި މީހުން ބޯޑަރު ހުރަސް ކުރުމަށް ފުރުސަތު ނުދީ ވަނީ ހުއްޓުވާފައި،" ޕާކިސްތާން އާމީން ބުންޏެވެ.
ޕާކިސްތާން އާމީން އިތުރަށް ބުނީ އެ ގައުމާއި އަފްގާނިސްތާން ގުޅޭ ބޯޑަރު ސަރަހައްދު ރަނގަޅަށް ބެލެހެއްޓުމަށް ތަކުރާރުކޮށް އަފްގާނިސްތާނަށް އަންގާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ ޕާކިސްތާނުން އަފްގާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސާދިގު ޚާން ކާބުލްއަށް ވަޑައިގެން އެކި މަޝްވަރާތައް ކުރައްވަމުން ދަނިކޮށެވެ.
މިދިޔަ އަހަރުގައި ޕާކިސްތާނަށް 500 އަށްވުރެ ގިނަ ހަމަލާ ދީފައިފވާއިރު، ހަމަލާތަކުގައި އާންމު ރައްޔިތުންނާއި ސިފައިން ހިމެނޭ ގޮތަށް 1،500 އަށްވުރެ ގިނަ މީހުން މަރުވި އެވެ.
ޕާކިސްތާނަށް ދޭ ހަމަލާތަކުގެ ފަހަތުގައި އަފްގާނިސްތާނަށް ނިސްބަތްވާ މީހުންނާއި ޖަމާއަތްތައް ހިމެނޭ ކަމަށް އެ ގައުމުން ތުހުމަތު ކުރެ އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment