Advertisement

ޕާކިސްތާނާއި އަފްގާނިސްތާނުން ހަމަލާ ބަދަލުކުރަން ފަށައި ހަނގުރާމައަކަށް

about 1 hour 0


ޕާކިސްތާނާއި އަފްގާނިސްތާނުން ހަމަލާ ބަދަލުކުރަން ފަށައި ހަނގުރާމައަކަށް

about 1 hour 0

ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދު ވަރުގަދައަށް ހަމަލާ ބަދަލުކުރަން ފަށައި ހަނގުރާމައިގެ ހާލަތަށް ދެ ގައުމުގެ ސަރަހައްދު ވެއްޓިއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ޕާކިސްތާނުން ވަނީ އަފްގާނިސްތާންގެ ވެރިރަށް ކާބުލް، ކަންދަހާރު އަދި ޕަކިތާއަށް ހަމަލާ ދީފަ އެވެ. ސަރުކާރުގެ ބައެއް އިދާރާތަކާއި އަސްކަރީ މަރުކަޒުތަކަށް ޕާކިސްތާނުން ހަމަލާތައް އަމާޒުކުރި އެވެ.

ޕާކިސްތާނުގައި ޓެރަރިސްޓު ހަމަލާތައް ދޭ ހަނގުރާމަވެރި ޖަމައާތްތަކަށް އަފްގާނިސްތާނުގެ ސަރަހައްދުގައި އެ ގައުމުގެ ސަރުކާރު ހިންގާ ތާލިބާނުން އެހީތެރިވަމުން އަންނަ ކަމަށް ޕާކިސްތާނުން ތުހުމަތު ކުރެ އެވެ.

އެ ޖަމާއަތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 13 މީހުން މަރުވުމުން އެއީ އާންމުން ކަމަށް ބުނެ ތާލިބާނުން ވަނީ ބަދަލުހިފާނެކަން އިއުލާން ކޮށްފަ އެވެ.

އިއްޔެ ތާލިބާނުން ވަނީ ދެ ގައުމުގެ އިން ވަކިކުރާ ބޯޑަރު ކައިރީގައި ހުރި ޕާކިސްތާނުގެ އަސްކަރީ ތަންތަނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ.

ޕާކިސްތާނުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ ހަމަލާތަކުގައި 133 ތާލިބާން ސިފައިން މަރުވެ 27 އަސްކަރީ ޕޯސްޓެއް ވަނީ ނައްތާލާފަ އެވެ. ތާލިބާނުން ބުނާ ގޮތުގައި ޕާކިސްތާނުގެ 55 ސިފައިން ވަނީ މަރުވެފަ އެވެ.