Advertisement

ޚާމަނާއީ އަވަހާރަކޮށްލުމުން ޕާކިސްތާނުގައި ކުރަމުން އަންނަ މުޒާހަރާތަކުގައި ނުވަ މީހުން މަރުވެއްޖެ

about 2 hours 0


ޚާމަނާއީ އަވަހާރަކޮށްލުމުން ޕާކިސްތާނުގައި ކުރަމުން އަންނަ މުޒާހަރާތަކުގައި ނުވަ މީހުން މަރުވެއްޖެ

about 2 hours 0

އިޒްރޭލާއި އެމެރިކާއިން އިރާނަށް ހޮނިހިރު ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، 86، އަވަހާރަކޮށްލުމުން ނުރުހުން ފާޅުކުރުމުގެ ގޮތުން ޕާކިސްތާނުގައި ކުރަމުން އަންނަ މުޒާހަރާތަކުގައި ނުވަ މީހުން މަރުވެއްޖެ އެވެ.

ކަރާޗީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓުގެ ސަރަހައްދަށް ބައެއް މީހުން ވަނީ ވަދެގަނެ ކޮންސިއުލޭޓަށް ގެއްލުން ދީފަ އެވެ. ކޮންސިއުލޭޓުގެ ބޭރުގައި ބައެއް ވެހިކަލްގައި ހުޅުޖައި ފުލުހުންނާ އަންނަނީ ކުރިމަތިލަމުންނެވެ.

ޕާކިސްތާނުގެ އިތުރުން އިރާގުގައި ވެސް އަންނަނީ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އެ ދެ ގައުމަކީ އިރާނަށް ފަހު އެންމެ ގިނަ ޝިއީން ދިރިއުޅޭ ދެ ގައުމެވެ.

ޕާކިސްތާނުގެ އެހެން ސަރަހައްދުތަކުގައި ވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ޚާމަނާއީ އަވަހާރަކޮށްލުމަށް އެމެރިކާއިން މީގެ ކުރިން އެތައް ހަމަލާއެއް ދީފައިވެ އެވެ. އެފަދަ ސިލްސިލާ ހާދިސާތަކުގެ ފުރަތަމަ ފިޔަވަޅު އެޅުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއީ ރައީސް ޓްރަމްޕްގެ ސީދާ އަމުރަށް، އިރާނުގެ ގުދުސް ފޯސްގެ އެންމެ އިސް ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހިސާބުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އިރާނުގެ ލީޑަޝިޕަށް ވަނީ އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މީގެ ތެރޭގައި އެހެން އަސްކަރީ ކޮމާންޑަރުން އަވަހާރަކޮށްލުމާއި، ތެހެރާންގައި ހުންނަވަނިކޮށް ހަމާސްގެ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމާއި، އަދި ލުބުނާނުގައި ހިޒްބުﷲގެ ހަސަން ނަސްރުﷲ އަވަހާރަކޮށްލުން ހިމެނެއެވެ. މީގެ އިތުރުން، އިރާނުގެ ރޫހާނީ ލީޑަރަށް ވަނީ ގައުމުގެ އެތެރޭގެ އިގްތިސާދީ އެތައް މައްސަލަތަކަކާ ވެސް ކުރިމަތިލައްވަން ޖެހިފައެވެ. މީގެ ބޮޑުބަޔަކީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި ކަންކަމެވެ.