23 މާރިޗު 2025 - 08:22 0
ލީވާން އަލީ ނާސިރު
ރައީސް މުއިއްޒު ތެލެސީމިއާ ސެންޓަރުގައި. ތެލެސީމިއާ ޕޭޝަންޓުންގެ ކަންބޮޑުވުންތަކާ އެކު އެމަނިކުފާނު ވަނީ ވަޑައިގެންފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
23 މާރިޗު 2025 - 08:22 0
ތެލެސީމިއާ ޕޭޝަންޓުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ރޭ ބޭއްވި މުޒާހަރާއާ އެކު، ތެލެސީމިއާ ސެންޓަރުގެ ހާލަތު ބެއްލެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެތަނަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު އަދަދު އަށް ވިދާޅުވީ ރައީސް މުއިއްޒު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާއި އެކު ބައްދަލުކޮށް ހާލަތު ދެނެގަނެފައިވާ ކަމަށެވެ.
ނަމަވެސް އެ ބައްދަލުވުމާ ގުޅޭ މާ ބޮޑު ތަފްސީލެއް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ތެލެސީމިއާ ޕޭޝަންޓުންގެ އިތުރުން ތެލެސީމިއާ ޕޭޝަންޓުންގެ ބެލެނިވެރިން ރޭ ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓާ ބައްދަލުކޮށް، ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށް ބުނެ މުޒާހަރާ ކުރި އެވެ.
ފަހުން މެނޭޖްމަންޓާ އެކު ބޭއްވި ބައްދަލުވުން ނިންމާލުމުން، މުޒާހަރާގެ ބައިވެރިން މުޒާހަރާކުރީ ތެލެސީމިއާ ސެންޓަރުގެ ދޮރުމަތީގަ އެވެ.
މުޒާހަރާގެ ބައިވެރިން ގޮވައިލަމުން ދިޔައީ ތެލެސީމިއާ ސެންޓަރުގެ ވެރިން އިސްތިއުފާ ދިނުމަށާއި ފިލްޓަރުތައް ހަލާކުވުމުން ލޭ އުކާލަން ޖެހުމުގެ އިތުރުން ބޭސް ނުލިބުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment