23 މާރިޗު 2025 - 09:41 0
ލީވާން އަލީ ނާސިރު
ފިލިޕީންސްގައި ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރުން -- ފޮޓޯ: އެސްބީއެމްއޭ
23 މާރިޗު 2025 - 09:41 0
ފިލިޕީންސްގެ އަސްކަރީ މަރުކަޒުތަކަށާއި އިދާރާތަކަށް ފާރަލައި ޖާސޫސުކުރާ މީހުންނާ ދެކޮޅަށް އެ ގައުމުން ކުރާ މަސައްކަތް ފުޅާކޮށް ބަޔަކު ހައްޔަރުކޮށްފި އެވެ.
ނެޝަނަލް ޑިފެންސް އޮފް ފިލިޕިންސް އިން ބުނީ ސިއުބިކް ބޭގައި އޮންނަ ގްރާންޑޭ އައިލެންޑުން އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގްރާންޑޭ އައިލެންޑަކީ ދެކުނު ޗައިނާ ކަނޑުގެ މޫނު މައްޗަށްވާ ގޮތަށް އޮންނަ، އަސްކަރީ ގޮތުން ސްޓްރެޓީޖިކް ރަށެކެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން ފިލިޕީންސްއަށް ނިސްބަތްވާއިރު، އަނެއް ހަ މީހުން ނިސްބަތްވާ ގައުމެއް ހާމައެއް ނުކުރެ އެވެ.
އެ އަށް މީހުން ހައްޔަރުކުރީ ސައިބާ ކުށެއް ހިންގިކަމުގެ ތުހުމަތުގައި ފިލިޕީންސްގައި ހަރަކާތްތެރިވާ ޗައިނާ ރައްޔިތަކު ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ނެޝަނަލް ޑިފެންސް އޮފް ފިލިޕީންސް އިން އިތުރަށް ބުނީ ހައްޔަރުކުރި މީހުންނަކީ ބޮޑު ނެޓްވޯކެއްގެ ބައެއްކަމަށް ތުހުމަތުކުރެވޭ ކަމަށާއި، އެއީ ފިލިޕީންސްގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.
ފިލިޕީންސްގެ އަސްކަރީ މަރުކަޒެއް ކައިރީ ޖާސޫސުކޮށް، އެގައުމުގެ ސިޓީއެއްގެ އޮފިޝަލުންތަކަކަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ދާދިފަހުން ޗައިނާ ބަޔަކާއި ފިލިޕީންސްގެ ބައެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.
Comment