ފަޅުގައި އަޅާފައި އޮންނަ އޮޑިދޯނިފަހަރުގައި އަބަދުވެސް ފަޅުވެރިން ތިބުން ލާޒިމުކޮށްފި

23 މާރިޗު 2025 - 05:13 0

މުހައްމަދު ޝަހްޒާން

މ

މާލޭގެ ނޯތު ހާބަރުގައި ބޯޓުތައް އަޅާފައި -- ފޮޓޯ: އަދަދު


ފަޅުގައި އަޅާފައި އޮންނަ އޮޑިދޯނިފަހަރުގައި އަބަދުވެސް ފަޅުވެރިން ތިބުން ލާޒިމުކޮށްފި

23 މާރިޗު 2025 - 05:13 0

ފަޅުގައި ނުވަތަ އެހެން ތަނެއްގައި އޮޑިދޯނިފަހަރު އަޅާފައި އޮންނައިރު ވެސް އެ އުޅަނދެއް ބަލަހައްޓަން އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުން ޓްރާންސްޕޯޓު މިނިސްޓްރީން ލާޒިމުކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަޅުތެރޭގައި އާއި ކަނޑުގެ އެކި ސަރަހައްދުތަކަށް ނަގިލި ލުމަށްފަހު އުޅަނދު ބެލެއްޓުމަށް އެކަށީގެންވާ އަދަދަށް ފަޅުވެރިން ނެތި އުޅަނދު ދޫކޮށްލާފައި އޮތުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދިމާވެ، މީހުންގެ މުދަލަށް ގެއްލުންވަމުންދާ ކަމަށެވެ.

އެހެންކަމުން، ފަޅުތެރޭގައި ވިޔަސް އަދި ކަނޑުމަތީގައި ވިޔަސް ކަނޑުއުޅަނދެއްގައި މީހަކު ނެތި ބޭއްވުން މަނާކޮށް، އެގޮތަށް އަމަލު ކުރާ މީހުންނާ މެދު "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.

ކަނޑު އުޅަނދުފަހަރު އަޅާފައި އޮންނައިރު، އެ ދޯނިފަހަރުގައި މީހުން ތިބުމަކީ މީގެ ކުރިން ލާޒިމު ކަމެއް ނޫނެވެ. މި ނިންމުމާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަނދަރު ކޮށްފައި އޮންނަ އޮޑިދޯނިފަހަރުގައި އަބަދުވެސް މީހުން ތިބެން ޖެހޭނެ އެވެ،