22 މާރިޗު 2025 - 06:46 0
22 މާރިޗު 2025 - 06:46 0
ސަންޓޯސް، ބްރެޒިލް (މާޗް 22) - ބްރެޒިލްގެ ގޯލްކީޕަރު، އެލިސަން ބެކާގެ ބޮލަށް ފީފާ ވޯލްޑް ކަޕްް ކޮލިފައިންގައި، ބްރެޒިލުން ކޮލަމްބިއާއާ ކުޅުނު މެޗުގައި އަނިޔާވެ، ބަދަލުކުރަން ޖެހުމުން، އޭނާ އިތުރު ޓެސްޓްތަކެއް ހެދުމަށް އެނބުރި ލިވަޕޫލަށް އަތުވެއްޖެ އެވެ.
ކޮލަމްބިއާ އަތުން 2-1 އިން ބްރެޒިލް މޮޅުވި މެޗުގެ ދެ ވަނަ ހާފުގައި، އެލިސަން އާއި ކޮލަމްބިއާގެ ޑަވިންސަން ސަންޗޭޒް، ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ދެ ކުޅުންތެރިންނަށް ވެސް އަނިޔާވި އެވެ. އެލިސަން، ބަދަލުކުރަން ޖެހުނީ ކޮންކަޝަން އެއް ކަމަށް ބެލެވޭތީ އެވެ.
ބްރެޒިލްގެ ޓީމު ޑޮކްޓަރު، ރޮޑްރީގޯ ލާސްމާ ބުނީ، އެލިސަން ބަދަލުކުރީ ކޮންކަޝަންއެއް ކަމަށް ބެލެވޭތީ ކަމަށާއި ޕްރޮޓޮކޯލްގައިވާ ގޮތުން އެ ފަދަ އަނިޔާއެއްގައި ނަމަ، ކުޅުންތެރިޔާ ކޮންޓްރެކްޓްގައި ހުރި ކްލަބަކާ މަޝްވަރާކޮށް ކުރިއަށްދާން ޖެހޭ ކަމަށެވެ. އެހެންކަމުން، އެލިސަން، ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ލިވަޕޫލަށް އިތުރު ޓެސްޓްތަކެއް ހަދަން ފޮނުވާލަން ނިންމީ ކަމަށް ލާސްމާ ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި، ލިވަޕޫލުން އެލިސަންގެ އިތުރު ޓެސްޓްތަކެއް ހަދާނެ އެވެ.
އެލިސަން އަކީ އަނިޔާގެ މައްސަލައާ ހުރެ، ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްފައި މި ފަހަަރު އައި ލިވަޕޫލްގެ ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، ނެދަލެންޑްސްގެ މިޑްފީލްޑަރު، ރަޔާން ގްރަވެންބާކް ވެސް ވަނީ އަނިޔާއާ ހެދި އެނބުރި ލިވަޕޫލަށް އަތުވެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment