އުއްތަމަ ފަނޑިޔާރު މުއިއްތަސިމް އަދުނާން. -- ފޮޓޯ: އަދަދު ނޫސް
އަދަދުގެ ޕޮޑްކާސްޓް "ދިވެހިރާއްޖެ" ޕްރޮގްރާމުގައި ކުރީގެ ބަންޑާރަ ނާއިބް ޑރ. އަހްމަދު އަލީ ސަވާދު ދެއްކެވި ވާހަކައިގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމާޔަތްކުރުމަކީ އުއްތަމަ ފަނޑިޔާރުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް ފެންނަނީ އެ ފަނޑިޔާރުންނަށް ބޭއިންސާފުން ފިޔަވަޅު އަޅަމުން ގެންދާއިރު ވެސް ޝިކާރައަކަށް ވާން ދޫކޮށްލާފައިވާ މަންޒަރު ކަމަށެވެ.
ޑރ. ސަވާދު ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ގާނޫނުގެ ދަށުން ލިބިފައި އޮތް ބާރުގެ ބޭނުން ނުކުރައްވައި ސުޕްރީމް ކޯޓުން ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަށް ދޭންޖެހޭ ރައްކާތެރިކަން ނުދެއްވާނަމަ އެހެން ފަނޑިޔާރުންނަށް ވެސް ކޮންމެ ފަދަ ކަމެއް ވެސް ކުރެވިދާނެ ކަމުގެ އިހުސާސް ކުރެވޭނެ ކަމަށެވެ. އެގޮތުން
"ފަސްޓް ލައިން އޮފް ޑިފެންސް، ލާސްޓް ލައިން އޮފް ޑިފެންސަށް ވާން ޖެހޭނީ ޗީފް ޖަސްޓިސް. އެވަރު ޕްރޮޓެކްޝަން ޗީފް ޖަސްޓިސްއަށް ދެން ތިއްބެވި ފަނޑިޔާރުންނަށް ނުދެވެންޏާ ދެން ކޮންމެފަދަ ކަމެއް ވެސް ފަނޑިޔާރުންނަށް ކުރެވިދާނެ ކަމުގެ އިހުސާސް ދެން ތިއްބެވި ފަނޑިޔާރުންނަށް ވާނެ،" ޑރ. ސަވާދު ވިދާޅުވެފައި ވެއެވެ.
ގާނޫނުއަސާސީއިން ދައުލަތުގެ ތިންބާރު ވަކިކޮށް އެއިން ކޮންމެ ބާރަކަށް އިސް ވެރިޔަކު އައްޔަންކޮށްފައި ވެއެވެ. އެ މަގާމުގައި ހުންނަ މީހަކަށް ބޮޑެތި އިއްޒަތާއި އިނާޔަތްތަކާއި ޝަރަފުދީފައިވެ އެވެ. ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސިފައިންގެ ފައުޖެއް، ހަތިޔާރާއި އެކުގައި އެމީހެއްގެ ވަށައިގެން އަބަދުމެ އެނބުރެ އެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން ދަތުރުކުރާއިރު އެމީހެއްގެ ފަހަތުންނާއި ކުރިން ސަލާމަތީ ހިދުމަތްތައް ހަރަކާތްތެރިވަނީ ލޯތައް ތަރަތަރަޖަހާފަދަ އަލިތަކާއި ތާޅަފިލިތަކާއެކު ޖަރީކުރެވިފައިވާ އުޅަނދުފަހަރާއި ޔުނިފޯމުތަކުގަ އެވެ. ހަނދާން ބަހައްޓަންޖެހޭ ކަމަކީ މި އިނާޔަތްތަކާއި ޝަރަފުލިބިދީފައި ވަނީ، ތިމާ އަދާކުރަންޖެހޭ ބުރަ މަސްއޫލިއްޔަތާ ގުޅިގެން އެކަމުގެ މުގާބިލުގަ އެވެ. ދައުލަތުން އެ ހަރަދުތައް އެކުރަނީ އެމީހެއްގެ ވާޖިބު އަދާކުރުމަށް ފަސޭހަކުރުމަށެވެ.
ދައުލަތުގެ އެއްބާރުގެ މިފަދަ އެއް ވެރިއަކީ އުއްތަމަ ފަނޑިޔާރެވެ. އޭނާގެ މަސްއޫލިއްޔަތު ފަނޑިޔާރުންގެ ގާނޫނުގައި ލިޔެވިފައިވެއެވެ. އެއީ:
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޓާރނީ ޖެނެރަލް އުޝާމު އާއި ޖޭއެސްސީ އާއި އެންޓިކޮރަޕްޝަންގެ ރައީސް ގުޅިގެން އެވަނީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރިއަތެއް ގަސްތުގައި ހުއްޓުވާފަ އެވެ. އެ މައްސަލަ ކާމިޔާބު ނުވެދާނެކަމަށް ބިރުން އެ ކޯޓުގައި ތިބި އެންމެ ގާބިލު އެންމެ މިނިވަން ތިން ފަނޑިޔާރުން ވަކިކޮށް ރައީސް މުއިއްޒު އާއި އާއި ބަންޑާރަ ނާއިބު އުޝާމް އެދޭ ގޮތަކަށް ހުކުމް ނެރެދޭނެ ފަނޑިޔާރުން އެ ކޯޓަށް ލެވޭނެ މަގުތައް އެގެންދަނީ ކޮށަމުންނެވެ.
އެކަމަކީ ގާނޫނުއަސާސީގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާއި 141 ވަނަ މާއްދާއާއި ހިލާފަށް ރައީސް މުއިއްޒު އާއި އެޓާރނީ ޖެނެރަލް އުޝާމު އާއި ޖޭއެސްސީއާއި އެންޓިކޮރަޕްޝަންގެ ރައީސް ހިންގާފައިވާ ކުށެކެވެ.
ކޯޓަށް ނުފޫޒު ފޯރުވައި ޝަރިއަތަށް ނުފޫޒު ފޯރުވުމަކީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. އެ މާއްދާގައި ބުނެފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ކުށެއް ކަމަށެވެ. ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ކުށެކެވެ. އަދި ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި، އެކަން ކުރާ ކުރުމަކީ ވެސް ކުށެއް ކަމަށެވެ. އަދި ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުމަކީވެސް ކުށެކެވެ. ޝަރިއަތަށް ނުވަތަ އަދުލުއިންސާފަށް ހުރަސް އެޅުމަކީވެސް ކުށެކެވެ. މި ހުރިހާކުށްތައް ރައީސް މުއިއްޒުއާއި އެޓާރނީ ޖެނެރަލް އުޝާމު އާއި ޖޭއެސްސީއާއި އެންޓިކޮރަޕްޝަންގެ ރައީސް ކުރިކަން އެނގިހުރެ އުއްތަމަ ފަނޑިޔާރު ބަހެއް ނުބުނެ ހުރުމަކީ މަގާމުގެ މަސްއޫލިއްޔަތުން އެއްކިބާވުން ނޫން ކަމަށް ނުބެލެވޭނެއެވެ.
ގައުމެއް އިސްލާހު ކުރެވޭނީ ގައުމުގެ ދަރިންގައި ގައުމީ ރޫހެއް ހުރެގެންނެވެ. ފިސާރިކެރޭ ބަޔަކަށް ވެގެންނެވެ. މިނިވަންކަމާއެކު ބަސްބުނަން ޖެހޭތަނުގައި ފަސްޖެހުމެއްނެތި ބަސްބުނެގެންނެވެ. ވަރުބަލިވެ ކަންނެތް ވެފައިވާ މީސްމީހުންނާއި ބޮޑުވަރިހަމަވެފައިވާ މީހުންނާއި އަމިއްލަ އެދުމުން ފޯވެފައިވާ މީހުން މަގާމުތަކުގައި ތިބެގެން ގައުމު ދާނީ ފަހަތަށެވެ. ގައުމީ މައްސަލަތައް ވާނީ ބޮޑެވެ. އޭގެ ގެއްލުމާއި އަސަރު ކޮންމެ ރައްޔިތަކަށް މިއަދު ނުލިބުނަސް، ތިމާއާއި ތިމާގެ ދަރީންނަށާއި އަންނަން އޮތް ޖީލުތަކަށް އޭގެ ނުބައި އަސަރުކުރާނެއެވެ. ދަރީންނެވެ!
ހޭލާށެވެ. ކެރޭށެވެ. ތިޔަ އަބުއި ކަމުގައި ގައުމު ފުނޑާނުލާށެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހުދުޖަނގިޔާ
1 day ago
އަބްލޯ ގާޒީ ވަގަށް ނެގިއިރު އަބްލޯ ސައީދު އުއްތަމަ ފަނޑިޔާރު ކޮށްލި ވަރު ކޮށްލަން ކެރޭނެ ދެވަނަ ފަނޑިޔާރެއް ނުހުންނާނެ. މިހާރުގެ އުއްތަމަ ހިހޫތަނުން ކައިގެން ހައިބަތު ބޮނޑިއަށް ޖަހަނީ.
އަމްރު އިބްނު މުހައްމަދު
1 day ago
ވަކި މީހަކަށް ޓާގެޓް ކުރުމުގެ ބަދަލުގަ އަސްލު މައްސަލައަށް ފާޑު ކިޔާނަމަ. އުއްތަމަ ފަނޑިޔާރު އެކަންޏެއްނޫން. މަޖުލީހުގެ ރައީސް ވެސް އެހެރީ ތިގޮތަށް ބުނަންޏާ މަޖުލީސްގެ ބާރު ރައީސް އަށް ދީގެން. އުއްތަމަ ފަނޑިޔާރު ބާރު ކަނޑުވާލީ ތަންފީޒީ ބާރުން. ގުރުބާންވާ ކަންބަޅިއެއްހެން ފަނޑިޔާރުންގެ ދިފާއުގަ އޭނާ އެންމެ ބަހެއް ބުންޏަސް އެހިސާބުން އޭނާ ސުލޫކީވެ ގުރުބާންވީ. އެވާހަކަ ދެތިން ދުވަހު ނޫހުގަ ލިޔެވެސް ފާނެ. އެކަމް އަސްލު މައްސަލަ ހައްލެއްނުވޭ ދޯ
އަލީ ހަމީދު ބުނި ހުދު ޖަނގިޔާ
1 day ago
މިރާއްޖޭގަ މިހާރު ހުރީ ބުއްތަމަ ފިނޑިޔާރެއް! ބުއްތައްޓަށް ހުށިޔާރެއް!
އަޑަފި
1 day ago
މިދިޔަ ސަރުކާރުން ޖުޑިސަރީގެ ހުރިހާބާރުތައް ޖޭއެސްސީގެ އަތްދަށަށް ގެންގޮސް، ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީ އިން ނިންމާނިންމުމެއްވެސް އިސްތިއުނާފް ކޮއްލާނެ ފުރުސަތުވެސްނުދޭގޮތައް ހެދިއިރު ތިޔަބުނާ އުއްތަމަ ފަނޑިޔާރު އެއްޗެއްބުނިތޯ.
ސަމި
2 days ago
ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މަސްލަހަތު ދިފާއުކުރަން މަސައްކަތްކުރުން؛ މި ސަބަބު ހުރިހައި ކަމަކަށްވުރެ އިސްކުރަންޖެހޭ. ފަނޑިޔާރުން ސަރުކާރު ވައްޓަން ހިފައިގަތީމަ ދެން އެބޭފުޅުންގެ ހިމާޔަތަށްޓަކައި ކުރަންޖެހޭ ކަމެއް ނުއޮންނާނެ
އުތުރުކޮރެއާ
2 days ago
އުއްތަމަ ފަނޑިޔާރު އެއްޗެއް ބުނީ ސުލޫކީ ވީ. މިތަނުގަ އޮތީ އެގޮތް. ސިޔާސީ މީހުން ބުނާނެ މުޒާހަރާ ކުރަން ބަސް ބުނަން. ސިޔާސީ މަގާމުތަކަށް އާދެވުނީމަ ނުވަތަ ޖޭއެސްސީ ބަދަލު ކުރުމުގެ ބާރު ލިބުނީމަ ޖުޑިޝަރީ އާ ނުކުޅެވޭހެން ޖޭއެސްސީ ބަދަލު ކުރާކަށް ނުކެރޭ.
Comment