މާޒިޔާ އަށް މޮޒަމްބީކުގެ މިޑްފީލްޑަރެއް

19 މާރިޗު 2025 - 01:06 0


މާޒިޔާ އަށް މޮޒަމްބީކުގެ މިޑްފީލްޑަރެއް

19 މާރިޗު 2025 - 01:06 0

އަންނަ މަހު ފަށާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް މޮޒަމްބީކުގެ މިޑްފިލްޑަރު ރިކާޑޯ މޮންޑްލޭން ސޮއި ހޯދައިފި އެވެ.

މޮންޑްލޭން 25، އަކީ ޕޯޗުގަލް ފުޓުުބޯޅަ އެކި ޑިވިޝަންތަކުގައި ކުޅެފައިވާ ކުޅުންތެރިޔެކެވެ. އޭނާގެ ކެރިޔަރުގެ ގިނަ އަހަރުތައް ހޭދަކޮށްފައިވަނީ ޕޯޗުގަލްގަ އެވެ. އެ ގޮތުން، އޭނާ ކުޅެފައިވާ ޕޯޗުގަލްގެ ޓީމުތަކަށް ބަލާއިރު، ރިއޯ އޭވް އާއި ގުއާޑަލޫޕް ހިމެނެ އެވެ. އެންމެ ފަހުން، އޭނާ ކުޅެފައިވަނީ ބަލްގޭރިއާގެ ކްލަބެއް ކަމަށްވާ، ސެވްލިއޭވޯ އެވެ.

މާޒިޔާ އިން ބިދޭސީ ތިން ކުޅުންތެރިން ގެންނަން ނިންމާފައިވެ އެވެ. އެފްއޭއެމުން މި އަހަރު ގެނެސްފައިވާ އެއް ބަދަލަކީ، ޓީމުތަކަށް ގެނެވޭ ބިދޭސީ ކުޅުންތެރިންގެ އަދަދު ތިނަކަށް ކުޑަކުރުމެވެ.

މި ފަހަރުގެ ސީޒަނަށް މާޒިޔާ އިން ނުކުންނަނީ ރާއްޖޭގައި ބާއްވާ ހުރިހާ ޑޮމެސްޓިކް މުބާރާތްތަކެއް ކާމިޔާބުކުރުމަށް ޓާގެޓް ކޮށްގެންނެވެ. އަދި އެ ޓީމުން ވަނީ އަންނަނީ އަންނަ ސީޒަނަށް އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން މި ސީޒަނުގައި އަލުން އެ ޓީމަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި، ކުރިން އެ ޓީމަށް ކުޅުނު ތަޖުރިބާކާރު ކުޅުންތެރިޔާ ޔަސްފާދު ހަބީބު (މުލަކޭ) އާއި މޫސާ ޔާމީން (ޔާމްބެ) ހިމެނެ އެެވެ.

މާޒިޔާ އަކީ މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފެށި ފުރަތަމަ ޓީމެވެ. އެ ޓީމުން ވަނީ ފަރިތަކުރުންތައް ފެށުމުގެ ކުރިން އެ ޓީމުގެ ކޯޗަކަށް، ސްޕެއިނުގެ ތަޖުރިބާކާރު ކޯޗު ލުއިސްމާ ހެނާންޑޭޒް ހަމަޖައްސައިފަ އެވެ. ލުއިސްމާ އަކީ އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗެކެވެ.

އެންމެ ފަހުން ހަަަތަރު ފަހަރު ވެސް ލީގު ޗެމްޕިއަންކަން ހޯދި، މާޒިޔާ އިން ސީޒަން ހުޅުވަން ކުޅޭ ޗެރެޓީ ޝީލްޑް މެޗުގައި އަންނަ މަހުގެ އަށް ވަނަ ދުވަހު ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. ޗެރިޓީ ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ޓީމަކީ، މާޒިޔާ އެވެ. އެއީ، ފަސް ފަހަރު ހޯދައިގެންނެވެ.