ފަނޑިޔާރުކަމުން ސަސްޕެންޑުކުރި މައްސަލަ އަޒްމިރާލްދާ ވެސް އދ. އަށް ހުށަހަޅައިފި

18 މާރިޗު 2025 - 16:01 1

ލީވާން އަލީ ނާސިރު

ލ

ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު: އަޒްމިރަލްދާ ސަސްޕެންޑުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް އޭސީސީން ބަލަމުންދާ ކަމަށް ބުނެ -- ފޮޓޯ: އަހުމަދު އާއިދު / އަދަދު


ފަނޑިޔާރުކަމުން ސަސްޕެންޑުކުރި މައްސަލަ އަޒްމިރާލްދާ ވެސް އދ. އަށް ހުށަހަޅައިފި

18 މާރިޗު 2025 - 16:01 1

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ކުއްލި ގޮތަކަށް ސަސްޕެންޑު ކުރި އަޒްމިރާލްދާ ޒާހިރުގެ މައްސަލަ ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާއަށް އޭނާ ހުށަހަޅުއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ އަޒްމިރާލްދާ އދ. އަށް ހުށަހަޅާފައި މިވަނީ, އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފައި ވަނިކޮށް އިސްތިއުފާ ދެއްވި ހުސްނުއް ސުއޫދު ވެސް ހުށަހަޅުއްވާފައި ވަނިކޮށެވެ.

އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އދ. އަށް މައްސަލަ ހުށަހެޅީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަޒްމިރާލްދާ ސަސްޕެންޑުކޮށް ދައުލަތުގެ އިދާރާތަކުން ހިންގަމުން ގެންދާ އިޖުރާއަތުތަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން އެމްބަަސީތަކާއި ހައިކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް އޭނާ ސަސްޕެންޑުކުރި ގޮތުގެ މައްސަލަތައް ގެނެސްފައިވާ ކަމަށް އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުންޏެވެ.

އަޒްމިރާލްދާގެ ދެ މައްސަލައެއް ޖޭއެސްސީން ދަނީ ތަހުގީގު ކުރަމުންނެވެ. އެއީ އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އާއި ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި ކަމަށް ބުނާ މައްސަލަ އެވެ.

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ މިދިޔަ މަހުގެ 26، ގަ އެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ ޖިނާއީ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ކޮމިޝަނުން ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ލާމު

about 1 month ago

މިހާ ސިޔާސަ ސިޔާސީ މީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުފޫ ހަމައެއް ނުވޭ. ވަގުތުން މީނާ ވެސް ވަކިކުރަންވީ. ބޮލުގައި ފުނާ ވެސް އަޅާލަން ނުކެރޭ.