about 18 hours 0
ލީވާން އަލީ ނާސިރު
އެންޓިޝިޕް މިސައިލް: ޗައިނާގެ ބިރާއެކު އޮސްޓްރޭލިއާއިން އެންޓިޝިޕް މިސައިލް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި -- ފޮޓޯ: ރޮއިޓާސް
about 18 hours 0
އޮސްޓްރޭލިއާގެ އައްސޭރިފަށް ކައިރީގައި ޗައިނާއިން ހިންގި އަސްކަރީ ތަމްރީނުތަކާއެކު، އޮސްޓްރޭލިއާގެ ސިފައިންގެ ހަތިޔާރުގެ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް އެގައުމުން ފަށައިފި އެވެ.
ރޮއިޓަޒް އިން ބުނީ މަނަވަރުތަކަށް ހަމަލާދިނުމަށް ބޭނުންކުރާ އެންޓިޝިޕް މިސައިލާއި، އަމާޒުތައް ދެނެގަތުމަށް ބޭނުންކުރާ އެންމެ ފަހުގެ ރާޑާ ސިސްޓަމްތައް ހޯދުމަށް އޮސްޓްރޭލިއާއިން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.
އޮސްޓްރޭލިއާގެ ދިފާއީ ދާއިރާގެ އެކި ބޭފުޅުން މިފަހުން އެކި ތަންތަނުގައި ދެއްކެވި ވާހަކަތަކުންނާއި، އޮސްޓްރޭލިއާ ސަރުކާރުން ހުޅުވާލާފައިވާ ބީލަންތަކުން އެކަން ކަށަވަރުވާ ކަމަށް ރިޕޯޓްތައް ބައިނަލްއަގުވާމީ ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު އުފުލޭ މޮބައިލް މިސައިލް ލޯންޗާތަކުގައި އުދުއްސާލެވޭ އަދި މަނަވަރުތަކަށް ހަމަލާދޭ މިސައިލް ނުވަތަ އެންޓިޝިޕް މިސައިލްތައް ހޯދުމަށް އޮސްޓްރޭލިއާ އާމީއިން ދަނީ މަސައްކަތްކުރަމުންނެވެ.
އެގޮތުން ދެ ކުންފުންޏެއްގެ އުފެއްދުންތައް އިވެލުއޭޓް ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ. އޭގެ ތެރެއިން އެއް ސިސްޓަމަކީ ލޮކްހީޑް މާޓިންގެ ޕްރިސިޝަން ސްޓްރައިކް މިސައިލްއެވެ. އެއީ 1،000 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ މިސައިލެކެވެ.
އެމެރިކާގައި އުފައްދާ ހިމާސް ލޯންޗާގައި އެ ބާވަތުގެ މިސައިލް އުދުއްސާލެވޭއިރު، އޮސްޓްރޭލިއާއިން މިހާރުވެސް ހިމާސް ލޯންޗާގެ 42 ޔުނިޓް ގަތުމަށް އެމެރިކާއަށް އޯޑަރު ދީފައިވެއެވެ. އެ ޔުނިޓްތައް 2026 ވަނަ އަހަރު ޑެލިވަރ ކުރާނެކަމަށް ބެލެވެއެވެ.
އެމެރިކާ ސިފައިން މިދިޔަ އަހަރުގެ ޖޫން މަހު ޕެސިފިކް ކަނޑުގައި ބޭއްވި އަސްކަރީ ތަމްރީނުތަކެއްގައި ޕްރިސިޝަން ސްޓްރައިކް ދެ މިސައިލް ކާމިޔާބުކަމާ އެކު ޓެސްޓުކުރި އެވެ.
އޮސްޓްރޭލިއާ އިން އިތުރު ހަތިޔާރު ހޯދައި، އަސްކަރީ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް ކުއްލިއަކަށް ފެށީ ދާދިފަހުން ޗައިނާގެ އަސްކަރީ ތިން މަނަވަރު އޮސްޓްރޭލިއާގެ އެންމެ ބޮޑު ދެ ސިޓީކަމަށްވާ ސިޑްނީ އާއި މެލްބަންގެ އައްސޭރިފަށާ ދާދި ގާތުގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ބޭއްވުމާ ގުޅިގެންނެވެ.
ޗައިނާގެ އަސްކަރީ ގާބިލްކަން ހުޅަނގުގެ ގައުމުތަކަށާއި ޕެސިފިކް ކަނޑުގައިވާ އެމެރިކާއަށް ވާގިވެރާ ގައުމުތަކަށް ދެއްކުމަށް ކުއްލިއަކަށް ކުރިން އެންގުމެއް ނެތި ބޭއްވި ތަމްރީނުތަކާ ގުޅިގެން އޮސްޓްރޭލިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment