Advertisement

ގުޅީފަޅު ކައިރިން މަރުވެފައި އޮއްވައި ފެނުނީ ބާޖަކުން ކަނޑަށް ވެއްޓުނު ޗައިނާ މީހެއް

ފުލުހުންގެ ލޯންޗެއް ކަނޑުމަތީގައި ހަރަކާތްތެރިވަނީ


ގުޅީފަޅު ކައިރިން މަރުވެފައި އޮއްވައި ފެނުނީ ބާޖަކުން ކަނޑަށް ވެއްޓުނު ޗައިނާ މީހެއް

ގުޅީފަޅު ކައިރިން ކަނޑުމަތިން މަރުވެފައި އޮއްވައި އިއްޔެ ފެނުނީ ޗައިނާގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 38 އަހަރުގެ ޗެންގު ޖިއާ ކަނޑުމަތިން މަރުވެފައި އޮއްވައި ފެނުނީ އިއްޔެ މެންދުރު 13:32 ހާއިރު އެވެ.

އޭނާ ކަނޑަށް ވެއްޓުނީ ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެ އެވެ.

"މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައިވޭ. އަދި އެވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަން ވަނީ އެނގިފައި،" ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.