13 މާރިޗު 2025 - 07:58 0
13 މާރިޗު 2025 - 07:58 0
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ހޯދިއިރު، އެ ޓީމާއެކު ތަފާތު މޮޅަށް ކުޅުނު އަލްހާން ފައިސަލް އަމީން އާއި މުހައްމަދު ޒީކް އަހުމަދު ސީނިއާ ސްކޮޑަށް ނަގައިފި އެވެ.
މާޒިޔާގެ ޒުވާން ޓީމުން މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގެ ތަށި ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. އަދި މިއީ މާޒިޔާ އިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
އެ މުބާރާތުގައި ޒީކް އާއި އަލްހާން ތަފާތު މޮޅަށް ކުޅުނުއިރު، މިހާރުވެސް މާޒިޔާގެ ޒުވާން ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން އަންނަނީ ސީނިއާ ޓީމުގައި ކުޅެމުންނެވެ. އޭގެ ތެރޭގައި ޔޫތު ޓީމުގެ ކެޕްޓަން އީދާން އަހުމަދު މޫސާ، އަނޫފް އަބްދުالله ހިމެނެ އެވެ. އަދި މިއީ މާޒިޔާއިން ޒުވާން ކުޅުންތެރިން ނެރުމަށް ކުރަމުން އަންނަ މަސައްކަތައް އިތުރުވި ބޮޅެކެވެ.
އަންނަ މަހު ފެށުމަށް މިހާރު ތާވަލުކޮށްފައިވާ ފުޓުބޯޅަ ސީޒަނަށް އެންމެ ފުރަތަމަ ތައްޔާރުވާން ފެށި ޓީމަކީ މާޒިޔާ އެވެ.
ކްލަބްތަކުގެ މާލީ ހާލަތު ދައްވުމުގެ ސަބަބުންނާ، ފުޓުބޯޅަ އެސޯސިއޭޝަން އަށް ދިމާވި ގޮންޖެހުންތަކާއެކު ރާއްޖޭގައި ފުޓުބޯޅަ ނުކުޅޭތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ.
ސަރުކާރުން ވަނީ ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން އެޑްވާންސް ފައިސާ ކްލަބްތަކަށް ދީފަ އެވެ. އެއީ، ފުރަތަަމަ ޑިވިޝަންގެ 10 ކްލަބްގެ ތެރެއިން ކޮންމެ ކްލަބަކަށް 500،000 ރުފިޔާ ކަމަށް މިނިސްޓްރީން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ ދެ ސީޒަން ފެށީ ޕްރެޒިޑެންޓްސް ކަޕުން ކަމުގައި ވިޔަސް، އާ ކަލަންޑަރުގައިވާ ގޮތުން، ސީޒަން ނިންމާ މުބާރާތަކީ، ޕްރެޒިޑެންޓްސް ކަޕް އެވެ. މީގެ ކުރިން ވެސް ޕްރެޒިޑެންޓްސް ކަޕް އޮތީ މި ގޮތަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment