Advertisement

އަރިޔަދޫގައި ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް އެއް އަޅަނީ

12 މާރިޗު 2025 - 17:34 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރު އަޅާ އދ. އަރިޔަދޫ: މި ރަށަށް މާލީ އަދި ފަންނީ އެހީ ހޯދަނީ ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލައިގެން -- ފޮޓޯ: ސޯޝަލް މީޑިއާ


އަރިޔަދޫގައި ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް އެއް އަޅަނީ

12 މާރިޗު 2025 - 17:34 1

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ އދ. އަރިއަދޫ ހަވާލުކޮށް، އެ ރަށުގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓާ" އެއް އަޅަން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލިސް ޖަލްސާގައި ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުން ނިންމީ ރާއްޖޭގައި ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް އެ ރަށުގައި ކުރުމަށެވެ.

ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އެ ރަށުގައި އުފެއްދުމަށް ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ އެކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާޗް އަރިއަދޫގައި ފަށައި ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ވެސް ނިންމާފައިވެ އެވެ.

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނި ގޮތުގައި އެ ސެންޓަރު ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައިގެން ރަށް މެނޭޖް ކުރުމުގެ ހަރަދު ހޯދުމުގެ އިންތިޒާމު ހަމަޖައްސާނެ އެވެ.

ރާއްޖޭގަ މި ވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން އެ މަޝްރޫއުގެ ސަބަބުން ރުކުގެ ބާވަތްތަށް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.