Advertisement

ރޯދައަށް ހާއްސަކޮށް އެގްރިކަލްޗާ މިނިސްޓްރީން މާލޭގައި ވަގުތީ މާރުކޭޓެއް އަޅަނީ

މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުގައި އަނބު ވިއްކަނީ: ރޯދައަށް ހާއްސަކޮށް ވަގުތީ މާރުކޭޓެއް އަޅަން މަސައްކަތް ކުރަމުންދާކަން އެގްރިކަލްޗާ މިނިސްޓްރީން ވަނީ ބުނެފައި -- ފޮޓޯ: އަދަދު


ރޯދައަށް ހާއްސަކޮށް އެގްރިކަލްޗާ މިނިސްޓްރީން މާލޭގައި ވަގުތީ މާރުކޭޓެއް އަޅަނީ

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށް ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމަށް އެގްރިކަލްޗާ މިނިސްޓްރީން މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް އަޅަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި އެވެ.

މިނިސްޓްރީން ބުނީ އަތޮޅުތަކުގެ ދަނޑުވެރި ރަށްރަށުން ދަނޑިވެރި އުފެއްދުންތައް ވަގުތީ މާރުކޭޓުގައި ވިއްކުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. ވަގުތީ މާރުކޭޓު ގާއިމުކުރަނީ ކޮންތަނެއްގައިކަން މިހާތަނަށް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

މިގޮތުން ވަގުތި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން މިނިސްޓްރީއަށް ޖެނުއަރީ 29، ގެ ނިޔަލަށް ފޯމު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ފޯމު ހުށަހަޅަން ޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ. އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ނަންބަރު 3309390 ނުވަތަ 3309394 އަށް ރަސްމީ ގަޑީގައި ގުޅުމަށް ވަނީ އެދިފަ އެވެ.

ފޯމު ހުށަހަޅާއިރު މިދިޔަ އަހަރުގެ ރޯދަ މަހު އެ ރަށަކުން ބޭނުންކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި މި އަހަރު ވަގުތީ މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އެނގޭ ގޮތަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މާލޭގައި ލޯކަލް މާރުކޭޓު ހިންގަމުންދަނީ މާލެ ސިޓީ ކައުންސިލުންނެވެ. ނަމަވެސް މިނިސްޓްރީން ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ކުރަނީ ކައުންސިލާ ގުޅިގެން ކަމެއް ހާމައެއް ނުކުރެ އެވެ.