މިއަދުވެސް މޫސުން ގޯސް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ

12 މާރިޗު 2025 - 02:46 0

ލީވާން އަލީ ނާސިރު

ލ

ރާއްޖެ މަތީގައި ގައި އުފެދިފައިވާ ވިއްސާރަ ވިލާތައް: ސެޓްލައިޓު ފޮޓޯ: މެޓު އޮފީސް


މިއަދުވެސް މޫސުން ގޯސް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ

12 މާރިޗު 2025 - 02:46 0

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފި އެވެ.

މެޓު އޮފީހުން މިއަދު އާންމުކުރި ސެޓުލައިޓު ފޮޓޯއިން ފެންނަ ގޮތުގައި ދެކުނު ތިން އަތޮޅު ފިޔަވައި އެހެން އަތޮޅުތަކުގެ މަތީގައި ބޯކޮށް ވިއްސާރަ ވިލާ އުފެދިފައިވެ އެވެ.

މިއަދު ހަވީރު 6:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓު އޮފީހުން ބުނީ "އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ކެރޭގެ އަސަރު ކުރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓު އޮފީހުން ބުނެ އެވެ.

މޫސުން ލަފާކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ތިން މޭލާއި 10 މޭލާ ދެމދުގެ ބާރުމިނުގައި އެހެން އަތޮޅުތަކަށް އަށް މޭލާއި 18 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ކޮޅިގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ވާރޭ ވެހުނު ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓު އޮފީހުން ބުނެ އެވެ.

އިއްޔެ ހަވީރުން ފެށިގެން މިއަދު އިރުއަރަން ދެން މާލެ އަށް ވެސް ވާރޭ ވެހެމުންނެވެ.