Advertisement

އުރީދޫގެ 5ޖީ ރާއްޖޭގެ އާބާދީގެ 80 ޕަސަންޓަށް ފުޅާކޮށްފި

12 މާރިޗު 2025 - 10:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުރީދޫގެ 5ޖީ ރާއްޖޭގެ އާބާދީގެ 80 ޕަސަންޓަށް ފުޅާކޮށްފި

12 މާރިޗު 2025 - 10:28 0

އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އާބާދީގެ 80 ޕަސަންޓަށް 5ޖީ ނެޓްވޯކް ފޯރައިފި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުރީދޫގެ 5ޖީ ސައިޓުތައް ގާއިމުކޮށްފައި ވާއިރު، މިހާރު ރާއްޖޭގެ 79 ރަށަކާއި 8 ރިސޯޓަކަށް މި ނެޓްވޯކް ލިބެ އެވެ.

މި ރަށްތަކުގެ ތެރޭގައި މާލެ ހިމެނޭއިރު، އާބާދީގެ ބޮޑު ޕަސެންޓެއް ކަވަރުވާނެ އެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ 5ޖީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ ނެޓްވޯކް ކަމަށާއި މިހާލު ހަލުއި އިންޓަނެޓް ސްޕީޑާއެކު ކުރިއަށްވުރެ ގިނަ ބަޔަކަށް 5ޖީ ތަޖުރިބާ ކުރެވޭނެ ކަމަށެވެ.

"އާބާދީގެ 80 އިންސައްތައަށް 5ޖީ ފުޅާވެގެން ދިއުމަކީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ގެނެސް، ޑިޖިޓަލް ރާއްޖެއެއް އުފެއްދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ހެއްކެއް،" އެ ކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މަގުފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.