Advertisement

ދިރާގު ގޭމާސް ގިލްޑް ފުރަތަމަ ގޭމިން މުބާރާތް އައްޑޫ ސިޓީގައި ބާއްވަނީ

11 މާރިޗު 2025 - 19:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިރާގު ގޭމާސް ގިލްޑް މުބާރާތުގެ ތެރެއިން -- ފޮޓޯ: ދިރާގު


ދިރާގު ގޭމާސް ގިލްޑް ފުރަތަމަ ގޭމިން މުބާރާތް އައްޑޫ ސިޓީގައި ބާއްވަނީ

11 މާރިޗު 2025 - 19:43 0

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އައްޑޫ ސިޓީގައި ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ހާއްސަކޮށްގެން "ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގެ ނަމުގައި ގޭމިން މުބާރާތެއް އެ ސިޓީގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ގޭމަރުންނަށް، ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށް މާޗު 13، ގެ ކުރިން ރަޖިސްޓަރީކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.

ޑީޖީޖީ އިން އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ މުބާރާތް އައްޑޫ ސިޓީޣައި ބާއްވަނީ އެ ސިޓީގެ ކައުންސިލާ ގުޅިގެން މާޗު 16، އިން ފެށިގެން 17 ގެ ނިޔަލަށް ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގަ އެވެ.

މި ގޮތުން އައްޑޫ ސިޓީއަށް ނިސްބަތްވާ އަލަށް ގޭމް ކުޅެން ފަށާ ގޭމާސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމާސްއަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.

އެ މުބާރާތުގައި ހިމެނޭ ގޭމްތަކުގެ ތެރޭގައި، އީއޭއެފްސީ 25 އަދި ވީއާރު ސިމިއުލޭޝަން ގޭމްތައް ވަނީ ހިމެނައިފަ އެވެ. އަދި، އީއޭއެފްސީ 25 މުބާރާތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމާސްއަށް ޖުމްލަ 10،000ރ. ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

މި ގޮތުން، މި އަހަރު ޑީ.ޖީ.ޖީއިން ވަނީ ޑީ.ޖީ.ޖީގެ ސީޒަން 1 ލޯންޗްކޮށް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2025" އިއުލާނުކޮށް، ވާދަވެރި ގޭމިންގެ މުޅިން އައު މުބާރާތްތަކެއް ތައާރަފްކޮށްފަ އެވެ.