Advertisement

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް މުހައްމަދު އިސްމާއިލް އައްޔަން ކުރީ ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައި އޮއްވާ

12 މާރިޗު 2025 - 11:46 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް : އޭނާގެ މައްޗަށް ކުރާ ދައުވާ އަދިވެސް ދަނީ ކުރިއަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް މުހައްމަދު އިސްމާއިލް އައްޔަން ކުރީ ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައި އޮއްވާ

12 މާރިޗު 2025 - 11:46 0

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ޕީއެންސީގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއީލް އައްޔަންކުރީ، އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެއް އޮއްވައިކަން އެނގިއްޖެ އެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މަސްއޫލިއްޔަތަކ، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއ،ި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއ،ި ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމ،ަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއ،ި ސަލާމަތީ ހިދުމަތާ ގުޅޭ ކަންކަން ކުރުމެވެ.

މަޖިލީހުގެ 241 ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ދިވެހި ފުލުހުންގެ ހިދުމަތް، ދިފާއީ ސިޔާސަތުތަކާގުޅޭ ވުޒާރާ އާއި ދާހިލީ ސަލާމަތާއި ސިޔާސަތުތަކާގުޅޭ ވުޒާރާ އަދި ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އެވެ.

މިޖިނާއި ބޮޑު ކުށެއްގައި ދައުވާކޮށްފައިވާ މުހައްމަދު އިސްމާއީލް 241 ކޮމިޓީއަށް އައްޔަން ކުރީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު ބަދަލުކުރަން ހުށަހެޅި ބިލަށް އަޒާން ވޯޓު ނުދެއްވުމުންނެވެ.

މުހައްމަދު އިސްމާއީލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ 2022 ވަނަ އަހަރުގެ ޔޯގާ ޑޭ، ރާއްޖޭގައި ފާހަގަކުރަން އިންޑިއާ ހައިކޮމިޝަނުން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް، އެތަނަށް ގަދަކަމުން ވަދެގަނެ، ހަމަލާތައް ދިން މައްސަލައިގަ އެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން މުހައްމަދު އިސްމާއީލްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް އެހީތެރިވުމާއި، އަދުލްއިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ޕްރޮސިކިއުޓާ ކެނެރަލް އުފުލާފައި އެބަ އޮތެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އެހީތެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަދި އަދުލްއިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 1 އަހަރާ ހަތް މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭރުން އޭނާ މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.

މި މައްސަލަ އަދިވެސް ކްރިމިނަލް ކޯޓުގައި އެބަ އޮތް ކަމަށް، އިތުބާރު ކުރެވޭ މަސްދަރަކުން އަދަދު ނޫހަށް ބުންޏެވެ.

ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މުހައްމަދު އިސްމާއީލަށް އަންނާނެ އެވެ.

ޔޯގާ ޑޭގެ ހަރަކާތުގެ ތެރެއަށް ވަދެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ބޭނުންކުރި ދިދަތައް އޭރުގެ ޕީޕީއެމް އޮފީހުން ނެރެ ފޯރުކޮށްދިނުމުގައި އުޅުނީ މުހައްމަދު އިސްމާއީލް ކަމަށް ފުލުހުން ތުހުމަތުކޮށް އޭރު އޭނާ ހައްޔަރު ކުރި އެވެ.