about 9 hours 0
ލީވާން އަލީ ނާސިރު
ސީރިޔާގައި ހަރަކާތްތެރިވި ދިވެހިންގެ ބައެއް މީހުން: ގާނޫނީ ގޮތުން އެ ލިސްޓު ކޮންމެ އަހަރަކު ވެސް މުރާޖައު ކުރަންޖެހޭ -- ފޮޓޯ: ފައިލް
about 9 hours 0
ކޮންމެ އަހަރަކު އެއްފަހަރު މުރާޖައާކޮށް އާންމުކުރަން ގާނޫނުން ލާޒިމުކޮށްފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު މިދިޔަ އަހަރު މުރާޖައުއެއް ނުކުރި އެވެ.
ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހޭ ލިސްޓު އެންމެ ފަހުން ނެރުނީ 2024 ވަނަ އަހަރު ނިމެން އެންމެ ދުވަހަކަށްވެފައި އޮއްވަ އެވެ. އެ ލިސްޓު ނެރެން އެފަހަރު ލަސްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު ކަނޑައެޅުމަށް ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ބައްދަލުވުމެއް މިދިޔަ އަހަރުން ފެށިގެން މިހާތަނަށް އެޖެންޑާކޮށްފައެއް ނުވެ އެވެ.
ހަނގުރާމަވެރި ސަރަހައްދުތައް ކަމަށް ދިވެހި ސަރުކާރުން ކަނޑައަޅާ ތަންތަނުގެ ލިސްޓަށް އެއްވެސް ބަދަލެއް ނަޔަސް އެ ލިސްޓު ކޮންމެ އަހަރަކު އެއްފަހަރު މުރާޖައާކޮށް އާންމުކުރުން ގާނޫނުން ވަނީ ލާޒިމުކޮށްފަ އެވެ.
މި ސަރުކާރުން 2024 ވަނަ އަހަރު ނެރުނު ލިސްޓުގައި ޖުމްލަ 20 ޖަމާއަތެއް ލިސްޓުކުރެވިފައިވާއިރު ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި މުޅި ސީރިއާ ވަނީ ކަނޑައަޅާފަ އެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން އެގޮތަށް ކަނޑައަޅާ ސަރަހައްދަކަށް ދަތުރުކުރުމަކީ ވެސް ގާނޫނީ ކުށެކެވެ.
ސަރުކާރުގެ ހާއްސަ ހުއްދައެއް ލިބިގެން މެނުވީ، ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުން ނުވަތަ އެފަދަ ސަރަޙައްދެއްގައި ހުރުން އެއީ ކުށެކެވެ.
Comment