Advertisement

ޑީޑޮސް ހަމަލާތަކެއްދީ އެކްސްގެ ޚިދުމަތްތަކަށް ބުރޫ އަރުވާލައިފި

11 މާރިޗު 2025 - 08:16 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ހަމަލާތައް ދިންކަން އެކްސްއިންވަނީ ކަށަވަރު ކޮށްދީފައި


ޑީޑޮސް ހަމަލާތަކެއްދީ އެކްސްގެ ޚިދުމަތްތަކަށް ބުރޫ އަރުވާލައިފި

11 މާރިޗު 2025 - 08:16 0

ޑީޑޮސް ހަމަލާތަކެއް ދީ އެކްސްގެ ހިދުމަތްތަކަށް ބުރޫ އަރުވާލައިފިއެވެ.

މިހަމަލާތައް ދިނީ "ޑާކް ސްޓޯމް ޓީމް" ކިޔާ ގްރޫޕަކުން ކަމަށް އެޓީމުންވަނީ ބުނެފަ އެވެ. މި ހަމަލާގެ ސަބަބުން އެކްސްގެ ހިދުމަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ގިނަ ބަޔަކަށް މި ހިދުމަތް ބޭނުންނުކުރެވޭ ހާލަތަކަށް އިއްޔެ ގޮސްފައިވެ އެވެ.

ނިއުސްވީކް މަޖައްލާއިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާއަކީ ވަރަށް ބޮޑު ވަސީލަތްތަކެއް ބޭނުންކޮށްގެން ދީފައިވާ ހަމަލާއެކެވެ.

އެކްސްގެ ބާނީ އީލޮން މަސްކް ބުނެފައިވަނީ މިފަދަ ހަމަލާތައް އެކްސްއަށް ކޮންމެ ދުވަހަކުވެސް އަމާޒުވާ ނަމަވެސް، މިފަހަރުގެ ހަމަލާއަކީ ހާއްސަކޮށް ބޮޑު ގްރޫޕަކުން ނުވަތަ ގައުމަކުން ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ޝައްކުކުރެވޭ ކަމަށެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ހަބަރުތަކުން ދައްކާ ގޮތުގައި، އެކްސްއަށް މި ހަމަލާ ދިނުމުގެ ކުރިން ޑޯޖްކޮއިން ކްރިޕްޓޯކަރަންސީއަށް ދެކޮޅު އިހުތިޖާޖުތަކާއި، ޓެސްލާ ސްޓޯތަކަށްވެސް ހަމަލާތަކެއް ދީފައިވާކަމަށް ބުނެވެއެވެ.

މި ހަމަލާގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކްސް ބޭނުންކުރާ އެތައް މިލިއަން ބަޔަކަށް، އެ ޕްލެޓްފޯމް ބޭނުންކުރުމުގައި ދަތިތަކާއި ކުރިމަތިވެފައިވެއެވެ. ބައެއް ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެކްސްއަށް ލޮގިން ވެވުނަސް އެއްވެސް ޕޯސްޓެއް ޝެއާކޮށް ޕޯސްޓް ކޮށް ނުހެދެއެވެ.

އެކްސްއަށް މިފަދަ ހަމަލާތައް އަބަދުވެސް އާދޭ -- މަސްކް


ޑީޑޮސް އަކީ ކޮބާ؟

ޑީޑޮސް (DDoS) ހަމަލާއަކީ "ޑިސްޓްރިބިއުޓެޑް ޑިނައިއަލް އޮފް ސާވިސް" ގެ ކުރުގޮތެވެ. މިއީ އިންޓަނެޓް މެދުވެރިކޮށް ވެބްސައިޓަކަށް ނުވަތަ އޮންލައިން ޚިދުމަތަކަށް ދެވޭ ސައިބަ ހަމަލާއެކެވެ. މި ހަމަލާގައި، ހަމަލާ ދޭ ފަރާތްތަކުން ގިނަ އަދަދެއްގެ ކޮމްޕިއުޓަރތަކާއި ނެޓްވޯކް ވަސީލަތްތައް ބޭނުންކޮށްގެން، އެއްފަހަރާ ވަރަށް ގިނަ ރިކުއެސްޓްތަކެއް ނުވަތަ ޑޭޓާ ޕެކެޓްތަކެއް ވަކި ސަރވަރއަކަށް ނުވަތަ ނެޓްވޯކަކަށް ފޮނުވައެވެ.

މި ހަމަލާގެ މައިގަނޑު މަގުސަދަކީ އަމާޒުކުރެވޭ ސިސްޓަމަށް ނުވަތަ ވެބްސައިޓަށް ކޮންޓްރޯލްކުރަން ނުކުޅެދޭވަރުގެ ޓްރެފިކް ފޮނުވައި، އެ ސިސްޓަމުން ޚިދުމަތް ދިނުން ހުއްޓުވާލުމެވެ. ނަތީޖާއެއްގެ ގޮތުން، ޢާންމު ޔޫޒަރުންނަށް އެ ޚިދުމަތް ނުވަތަ ވެބްސައިޓް ބޭނުންކުރެވޭގޮތް ނުވެއެވެ.

ޑީޑޮސް ހަމަލާތައް ގިނަފަހަރަށް ވިޔަފާރިތަކަށާއި، ސަރުކާރުގެ ވެބްސައިޓްތަކަށާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އަމާޒުކުރެވޭކަން ފާހަގަކުރެވެއެވެ.

އެކްސްއިން ބުނާގޮތުގައި، މި ހާދިސާއާ ގުޅިގެން ހަމަލާދިން ފަރާތްތައް ހޯދުމަށް އަދި ޚިދުމަތް އަލުން ފުރިހަމައަށް ދިނުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.