Advertisement

އެކްސްއޭއައި އާއި އެކްސް އެއްކޮށްލުމަށް މަސްކް ނިންމައިފި

30 މާރިޗު 2025 - 19:15 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

މި ޑީލްގައި އެކްސްގެ އަގު 33 ބިލިއަން ޑޮލަރުގައި ވަޒަންކޮށްފައިވޭ -- ފޮޓޯ: ރޮއިޓާސް


އެކްސްއޭއައި އާއި އެކްސް އެއްކޮށްލުމަށް މަސްކް ނިންމައިފި

30 މާރިޗު 2025 - 19:15 0

ޓެސްލާ އަދި ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އެކްސްއޭއައި އިން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (ކުރީގެ ޓްވިޓަރ) ގަތުމަށް ފަހު ދެ ކުންފުނި އެއްކޮށްލަން ނިންމައިފި އެވެ.

މި ޑީލްގައި އެކްސްގެ އަގު 33 ބިލިއަން ޑޮލަރުގައި ވަޒަންކޮށްފައިވާއިރު، އެކްސްއޭއައިގެ އަގު 80 ބިލިއަން ޑޮލަރުގައި ވަޒަންކޮށްފައިވެ އެވެ.

މި ޑީލާ ގުޅިގެން އެކްސް ޕްލެޓްފޯމްގައި ހުރި މަޢުލޫމާތުތައް ބޭނުންކޮށްގެން އެކްސްއޭއައިގެ ޗެޓްބޮޓް "ގްރޮކް" އިތުރަށް ތަމްރީނުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބެލެވެ އެވެ. މީގެ އިތުރުން، މި ޑީލްގެ ސަބަބުން އެކްސްގެ އިންވެސްޓަރުންނަށް އެކްސްއޭއައިގެ ފައިދާ ހިއްސާކުރެވިގެންދާނެއެވެ.

"އެކްސްއޭއައި އާއި އެކްސްގެ މުސްތަޤުބަލު ވަނީ ގުޅިފައި. މިއަދު އަޅުގަނޑުމެން ރަސްމީކޮށް މި ދެ ކުންފުނީގެ ޑޭޓާ، މޮޑެލްތައް، ކޮމްޕިއުޓިންގ، ޑިސްޓްރިބިއުޝަން އަދި ހުނަރުވެރިން އެއްކޮށްލުމުގެ ފިޔަވަޅު މި އަޅަނީ،" އީލޮން މަސްކް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި ޑީލްގެ ތަފްސީލުތައް އަދި ސާފުވެފައި ނުވާއިރު، އެކްސްގެ ލީޑަރުން އައު ކުންފުންޏަށް އެއްކޮށްލެވޭނެ ގޮތާއި، މި ޑީލް ރެގިއުލޭޓަރީ ސްކްރޫޓިނީއަށް ހުށަހެޅޭނެ ގޮތާ މެދު ސުވާލު އުފެދިފައިވެ އެވެ.

ސައުދީ އަރަބިއާގެ އިންވެސްޓަރ ޕްރިންސް އަލްވަލީދު ބިން ޠަލާލް ވިދާޅުވެފައިވަނީ އޭނާގެ ކުންފުނިތަކަކީ އެކްސް އަދި އެކްސްއޭއައިގެ ދެވަނައަށް އެންމެ ބޮޑު އިންވެސްޓަރު ކަމަށާއި، މި ޑީލްގެ ސަބަބުން އެ އިންވެސްޓްމަންޓްތަކުގެ އަގު 4-5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

އެކްސް އާއި އެކްސް އޭއައި ގެ އެންމެ ބޮޑު ބާނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލޮން މަސްކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް އެކުވެރިއެކެވެ. އަދި އޭނާއަކީ އެމެރިކާގެ ސަރުކާރު ހަރުދަނާކުރުމުގެ ޑިޕާޓްމަންޓްގެ ވެރިޔާވެސް މެއެވެ.