Advertisement

ޖޫރިމަނާ ފައިސާ ދެއްކުމުން އެކްސް އަދި ސްޓާލިންކުގެ އެކައުންޓުތައް އަންފްރީޒްކޮށްފި

14 ސެޕްޓެންބަރު 2024 - 10:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެކްސް އަދި ސްޓާލިންކްގެ އޯނަރު އިލޮން މަސްކް -- ފޮޓޯ: ރޮއިޓާސް


ޖޫރިމަނާ ފައިސާ ދެއްކުމުން އެކްސް އަދި ސްޓާލިންކުގެ އެކައުންޓުތައް އަންފްރީޒްކޮށްފި

14 ސެޕްޓެންބަރު 2024 - 10:39 0

ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" އަދި ސެޓަލައިޓް މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތް ދޭ "ސްޓާލިންކް" ގެ އެކައުންޓްތަކުން ބްރެޒިލްގައި ފްރީޒް ކުރުމަށްފަހު، ޖޫރިމަނާ ފައިސާ ދެއްކުމުން އެ އެކައުންޓުތައް ދޫކޮށްލައިފި އެވެ.

އެކްސް އާއި ސްޓާލިންކްގެ އެކައުންޓްތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރައެސް ފްރީޒްކުރީ އިލޮން މަސްކުގެ އެ ދެ ކުންފުނިން ދައްކަން ޖެހޭ ތިން މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމުންނެވެ.

"ޖޫރިމަނާގެ ޖުމްލަ އަދަދު އެކައުންޓްތަކުން ވަނީ ލިބިފައި. މޮރައެސް ނިންމީ ފައިސާތައް ލިބުމުން އެކައުންޓުތައް ފްރީޒްކޮށްފައި ބެހެއްޓުމުގެ ޖާގައެއް ނެތް ކަމަށް. އެހެންކަމުން އެ ދެ ކުންފުނީގެ ހުރިހާ އެކައުންޓަކާއި އެސެޓްތައް މިހާރު ވަނީ ދޫކޮށްފައި،" ބްރެޒިލްގެ ސުޕްރީމް ކޯޓުން ބުންޏެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުން ބުނީ އެ ގައުމުގައި ހިންގާ އެކްސްގެ ބޭންކު އެކައުންޓުން 1.3 މިލިއަން ޑޮލަރު އަދި ސްޓާލިންކުގެ އެކައުންޓުން 1.9 މިލިއަން ޑޮލަރު ހޯދިފައިވާ ކަމަށެވެ.

ބްރެޒިލްގައި ދޮގު ހަބަރު ފަތުރާ އެކައުންޓުތައް ހުއްޓުވަން އެ ގައުމުގެ ސުޕްރީމް ކޯޓުން އެދުމުން، އެކަން އެގޮތަށް ނުކުރަން އެކްސް އިން ނިންމުމާ ގުޅިގެން ބްރެޒިލްގައި އެ ޕްލެޓްފޯމް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.

އެގޮތުން ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) ބޭނުންކޮށްގެން އެ ޕްލެޓްފޯމް ބޭނުންކުރާ މީހުން 8،900 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ވެސް ވަނީ ނެރެފަ އެވެ.