Advertisement

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 3.43ރ. ބަހަން ފާސްކޮށްފި

10 މާރިޗު 2025 - 18:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ: އުރީދޫ


އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 3.43ރ. ބަހަން ފާސްކޮށްފި

10 މާރިޗު 2025 - 18:15 0

އުރީދޫއިން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 3.43ރ. ބަހަން ފާސްކޮށްފި އެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި 74 ހިއްސާދާރުން ބައިވެރިވިއިރު، އެއީ ޖުމްލަ 134،282،487 ހިއްސާ އެވެ. އެއީ ޖުމްލަ ހިއްސާގެ ތެރެއިން 90.85 ޕަސަންޓު ހިއްސާ އެވެ.

އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ އިތުރުން އަހަރީ ރިޕޯޓް ހިއްސާދާރުން ވަނީ ފާސްކޮށްފަ އެވެ.

އުރީދޫއިން ކުރިން ބުނެފައި އޮތީ މި މަހުގެ ތެރޭގައި ހިއްސާދާރުންނަށް ފައިދާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އުރީދޫއިން ވަނީ އެ ކުންފުނީގެ ޝެއާ ހޯލްޑަރުން ކުންފުންޏަށް ކުރާ އިތުބާރު ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ. އަދި ކުންފުނި ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އުރީދޫއިން ވަނީ ދީފަ އެވެ.