އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުން ޝިޔާމް ވަކިކޮށްފި

10 މާރިޗު 2025 - 12:07 0

މުހައްމަދު ޝަހްޒާން

މ

އެމްޕީއެލްގެ ބޯޑު މެންބަރުކަމުން މިއަދު ވަކިކުރި ޝިޔާމް އިބްރާހިމް -- ފޮޓޯ: އެމްޕީއެލް


އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުން ޝިޔާމް ވަކިކޮށްފި

10 މާރިޗު 2025 - 12:07 0

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު، ޝިޔާމް އިބްރާހިމް އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމުން ޝިޔާމް ވަކިކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއުލާނުކުރީ މިއަދު އެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކިކުރި ސަބަބު ޕީސީބީން ހާމައެއް ނުކުރެ އެވެ.

ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި އެމްޕީއެލްގެ ބޯޑު މެންބަރުކަމުން ޝިޔާމް މިއަދު ވަކިކުރިއިރު، އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް ވެސް ވަނީ މިދިޔަ ފެބްރުއަރީ 2، ގައި އެ މަގާމުން ވަކިކޮށްފަ އެެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެ އެވެ.