Advertisement

ލިވަޕޫލަށް އެއް ވަނައިގައި 16 ޕޮއިންޓުގެ ލީޑެއް، ފޮރެސްޓުން ސިޓީ ބަލިކޮށްފި

8 މާރިޗު 2025 - 19:28 0

Advertisement


ލިވަޕޫލަށް އެއް ވަނައިގައި 16 ޕޮއިންޓުގެ ލީޑެއް، ފޮރެސްޓުން ސިޓީ ބަލިކޮށްފި

8 މާރިޗު 2025 - 19:28 0

Advertisement

ލަންޑަން (މާޗް 9) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި ސައުތެމްޓަން އަތުން 3-1 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި 16 ޕޮއިންޓަށް ލީޑުފުޅާކުރިއިރު، ނޮޓިންހަމް ފޮރެސްޓުން 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

ލީގުގެ ދެ ވަނައިގައި އޮތް އާސެނަލަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން ލިވަޕޫލުން ބޮޑު ލީޑެއްނެގިއިރު، ލީގު ޗެމްޕިއަންކަން ޔަގީންކުރަން އެ ޓީމަށް ބާކީ އޮތް ނުވަ މެޗުގެ ތެރެއިން ބޭނުންވަނީ ހަ މޮޅެވެ. އެއީ، އާސެނަލް ހުރިހާ މެޗަކުން މޮޅުވަމުންދާނަމަ އެވެ. އާސެނަލުން މާދަމާރޭ ރަށުންބޭރުގައި ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ.

Advertisement

ލިވަޕޫލަށް ވަނީ 29 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ. އާސެނަލަށް 27 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ފޮރެސްޓަށް ވަނީ 28 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ. އަދި ހަތަރެއްގައި އޮތް ސިޓީ އަށް ވަނީ 28 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ.

ފޮރެސްޓުން 1997 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގުގައި ސިޓީ ބަލިކުރީ މެޗުގެ ފަހުކޮޅުގައި ޖެހި ގޯލުންނެވެ. މި ލަނޑު ޖެހީ އަރިމަތިން ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ގޯލުގެ ހަނި އޭންގަލުން އެތެރެއަށް ފޮނުވާލައިގެން، ކަލުމް ހަޑްސަން އޮޑޯއި އެވެ.

ލިވަޕޫލް ދަނޑުގައި ލީގުގެ ފުލުގައި އޮތް ސައުތެމްޓަން އިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލީޑުނެގި އެވެ. މިއީ، ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އާއި ގޯލްކީޕަރު، އެލިސަން ބެކާ ހެދި ގޯހަކުން ސައުތެމްޓަންގެ ވިލް ސްމޯލްބޯން އޭރިއާތެެރެއިން ޖެހި ގޯލެކެވެ.

Advertisement

ދެ ވަނަ ހާފު ފަށައިގެން މާގިނައިރުތަކެއްނުވެ، ލިވަޕޫލުން ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން، ލިވަޕޫލަށް އެއްވަރުކޮށްދިނީ ލުއިސް ޑިއާޒް ދިން ބޯޅައަކުން ޑާވިން ނޫނޭޒް އެވެ. ލިވަޕޫލުން ދެން، ޖެހި ދެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީން މުހައްމަދު ސަލާހު އެވެ. ފުރަތަމަ ޕެނަލްޓީ އަކީ، ސްމޯލްބޯން އޭރިއާތެރެއިން ނޫނޭޒަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ އަށް ޕެނަލްޓީ ދިނީ، ސައުތެމްޓަންގެ ޔުކިނާރީ ސުގަވާރާ އަތުން ބޯޅަ ކޮންޓްރޯލް ކުރުމުންނެވެ.

މި މެޗުގައި، ސަލާހު ޖެހި ގޯލާ އެކު، އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ސިޓީގެ ސާޖިއޯ އަގުއޭރޯއާ އެއްވަރުކޮށްފަ އެވެ. އެއީ، 184 ގޯލު ޖަހައިގެންނެވެ.

ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އިން ވަނީ 1-0 އިން އިޕްސްވިޗު ޓައުން ބަލިކޮށްފަ އެވެ. އަދި، ބްރައިޓަން އިން ފުލަމް އަތުން ފަހު ވަގުތު މޮޅުވީ 2-1 އިންނެވެ. ޖެހިޖެހިގެން ހަ މެޗުން މޮޅުވި ބްރައިޓަން މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތީ ފަސް ވަނައިގައި އޮތް ޗެލްސީއާ އެއްވަރަށް 46 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު، ބްރައިޓަން އެއް މެޗު އިތުރަށް ކުޅެފައިވެ އެވެ.