Advertisement

މިރޭ 9:30 އެމްޑީޕީން ކުއްލި އެއްވުމަކަށް ނުކުންނަނީ

7 މާރިޗު 2025 - 18:05 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީން މީގެ ކުރިން މާލޭގައޮ ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން -- ފޮޓޯ: މިރާން ނާޝިމް / އަދަދު


މިރޭ 9:30 އެމްޑީޕީން ކުއްލި އެއްވުމަކަށް ނުކުންނަނީ

7 މާރިޗު 2025 - 18:05 0

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން މިރޭ 9:30 ގައި ކުއްލި އެއްވުމަކަށް ނުކުންނާނެކަން އިއުލާނުކޮށްފި އެވެ.

އެ ޕާޓީގެ އެއްވުން ފަށަން ނިންމާފައި ވަނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ޖަގަހަ ކުރިމަތިންނެވެ. އެ އެއްވުން ކުރިއަށް ގެންދާނެ ގޮތެއް އެމްޑީޕީން ހާމައެއް ނުކުރެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިރޭގެ އެއްވުމަކީ އެ ޕާޓީން ކުރިއަށް ގެންދާނެކަން އިއުލާނުކޮށްފައިވާ ސިލްސިލާ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރޭގެ އެއްވުމަކީ ހަމަ މި ސަރުކާރުގެ އަނިޔާވެރިކަމާއި މުޅި ދައުލަތް އެއްކޮށް ހުދުމުހުތާރު ދައުލަތަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް. އަޅުގަނޑުމެން އިއުލާނުކޮށްފައި އޮންނާނެ ސިލްސިލާކޮށް އެއްވުންތައް އެއްވާނެ ވާހަކަ. އެ ގޮތުގެ މަތިން އަޅުގަނޑުމެންގެ ޓީމުތަކުން ކުރަމުންދާ މަސައްކަތް އެއީ،" ފައްޔާޒު ވިދާޅުވި އެވެ.

ކުއްލި އެއްވުމަކަށް އެމްޑީޕީން މިރޭ ނުކުންނަން ނިންމާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ، އެ މައްސަލަައިގައި ޖަވާބުދާރީވުމަށް ދައުލަތަށް 10 ދުވަސް ދިނުމުން، ކުއްލިއަކަށް އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހަށް ބިލެއް ހުށަހަޅައި 48 ގަޑިއިރު ތެރޭގައި އެ ބިލު ފާސްކޮށްފައި ވަނިކޮށެވެ.

އެ ބިލު މަޖިލީހުން ފާސްކުރުމާއެކު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަތަކެއް ބަލާ ކަމަށް ބުނެ ޖޭއެސްސީން ވަނީ އެ ފަނޑިޔާރުން ސަސްޕެންޑު ވެސް ކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.