6 މާރިޗު 2025 - 15:07 0
ލީވާން އަލީ ނާސިރު
ހުޅުމާލެ އާއި ހުޅުލެއަށް ފުރަން ބޭނުންކުރާ ހެންވޭރު ފެރީ ޓާމިނަލް: މިހާތަނަށް މި ޓާމިނަލްތައް ހާއްސަވެފައި ވަނީ އެމްޓީސީސީގެ ފެރީތަކަށް -- ފޮޓޯ؛ އަދަދު ފައިލް
6 މާރިޗު 2025 - 15:07 0
ރަށްރަށުން އަންނަ ލޯންޗު ފެރީތައް ލަފާ ފުރުމަށް ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގެ ފަޅު ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލަން އެމްޓީސީސީން މިއަދު އިއުލާންކޮށްފި އެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ އެ ދެ ޓާމިނަލް ހިމެނޭ ބަނދަރު ބޭނުންކުރަން ހުޅުވާލީ ރަށްރަށުން މާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މާލެ އާއި އަތޮޅު ތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތައް ލަފާ ފުރުމަށް ކަމަށެވެ.
ފަޅު ބޭނުން ކުރަން ޝައުގުވެރިވާ ފަރާތްތައް މާޗު 10، ގެ މެންދުރު 2:00 ގެ ކުރިން tsd@mtcc.com.mv މެއިލްކޮށް ޝައުގުވެރިކަން ފާޅުކުރަން އެމްޓީސީސީން ވަނީ ހުޅުވާލައިފަ އެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 7978865 ނަންބަރު ފޯނަށް ގުޅުމަށް ވެސް އެ ކުންފުނިން ވަނީ އެދިފަ އެވެ.
ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދު މިހާތަނަށް ބޭނުން ކުރަމުން އައީ އެމްޓީސީސީން އެކަންޏެވެ.
މި ޓާމިނަލްތައް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލުމުން ރަށްރަށުން އަންނަ އަދި ފުރަަންދާ މީހުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ. މިހާރު އެ ލޯންޗުތަކުން ގިނައިން ބޭނުންކުރަނީ ބޭންކް އޮފް ސިލޯނު ކުރިމަތީ ހުންނަ ޖެޓީ އާއި އެމްއެމްއޭ ކުރިމަތީ އޮންނަ ޖެޓީ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment