Advertisement

ސުޕްރީމް ކޯޓުން އަމުރުކުރި ގޮތަށް 10 ދުވަސް ތެރޭގައި ޖަވާބު ހުށަނޭޅުމުން އޭޖީ އުޝާމަށް ފިޔަވަޅު އަޅައިދޭން އެދިއްޖެ

6 މާރިޗު 2025 - 09:27 0

މުހައްމަދު ޝަހްޒާން

މ

Advertisement

ދައުލަތުގެ ބަންޑާރަނައިބު، އަހުމަދު އުޝާމް: ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީވުމަށް 10 ދުވަސް ދިނުމަށް ކޯޓުގައި އެދުނީ ވެސް ދައުލަތުން -- ފޮޓޯ: ރައީސް އޮފީސް


ސުޕްރީމް ކޯޓުން އަމުރުކުރި ގޮތަށް 10 ދުވަސް ތެރޭގައި ޖަވާބު ހުށަނޭޅުމުން އޭޖީ އުޝާމަށް ފިޔަވަޅު އަޅައިދޭން އެދިއްޖެ

6 މާރިޗު 2025 - 09:27 0

Advertisement

Advertisement

މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް ޖަވާބުދާރީވެފައި ނުވުމަކީ އެ ކޯޓުގެ ހުރުމަތް ކަނޑައިލުމުގެ އަމަލަކަށް ވާތީ ދައުލަތުގެ ބަންޑާރަނައިބަށް ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ބަންޑާރަނައިބަށް ފިޔަވަޅު އަޅައިދޭން އެދި ސުޕްރީމް ކޯޓަށް ސިޓީ ހުށަހެޅީ، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ވެސް އެ ކޯޓަށް ހުށަހެޅި، ކެންދޫ ދާއިރެގެ ކުރީގެ މެންބަރު، އަލީ ހުސެއިން އެވެ.

Advertisement

އޭނާ ފޮނުވި ސިޓީގައި ބުނީ ގާނޫނުއަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި، އެ މައްސަލައިގައި ޖަވާބުދާރީ ވުމަށް މިދިޔަ ފެބްރުއަރީ 18، ގައި ދައުލަތަށް 10 ދުވަހުގެ މުއްދަތެއް ދިން ކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ޖަވާބުދާރީވެފައި ނުވާ ކަމަށާއި ޖަވާބު ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ހުށަހެޅުމެއް ވެސް ކޯޓަށް ހުށަހަޅާފައި ނުވާކަން ސުޕްރީމް ކޯޓުން މައުލޫމާތު ދީފައިވާ ކަމަށް އަލީ ހުސެއިންގެ ސިޓީގައި ބުންޏެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 124 ވަނަ މާއްދާގެ (ޅ) ނިޔާކުރާ ގޮތުން، ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަން ވުމަކީ އެ އަމުރު ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމު ކަމެކެވެ، އަދި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަން ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވޭނެ ކަމަށް ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ،" އަލީ ހުސެއިންގެ ސިޓީގައި ލިޔެފައިވެ އެވެ.

Advertisement

އެހެންކަމުން އަލީ ހުސެއިން އެދިފައި ވަނީ މުއްދަތު ހަމަވީއިރު ވެސް ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ދައުލަތުން ޖަވާބުދާރީ ނުވުމަކީ އެ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ބަންޑާރަނައިބާމެދު ފިޔަވަޅު އެޅުމާއެކު އެ މައްސަލައިގައި ޖަވާބުދާރީވުމަށް ބަންޑާރަނައިބަށް އަންގަވައިދެއްވުމަށެވެ.

ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަސް ދިނުމަށް ސުޕްރީމް ކޯޓުގައި އެދުނީ ވެސް ދައުލަތުންނެވެ.

އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާ ހިލާފު ކަމަށެވެ.

ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ވެސް އެ އިސްލާހު ހިލާފު ކަމަށް އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ

އޭގެއިތުރުން އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށާއި އެ އިސްލާހުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ ކަމަށެވެ.