Advertisement

ހަނގުރާމައިގެ އިންޓެލިޖެންސް މައުލޫމާތު ޔޫކްރެއިނާ ހިއްސާާކުރުން އެމެރިކާއިން ހުއްޓާލައިފި

6 މާރިޗު 2025 - 12:19 0

ޔޫކްރެއިންގެ ސިފައިންގެ މީހަކު ހަނގުރާމަ މަތީގައި ހަރަކާތްތެރިވަނީ. އެމެރިކާއިން ދެމުންދިޔަ އިންޓެލިޖެންސް މައުލޫމާތަކީ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް --- ފޮޓޯ: އޭޕީ


ހަނގުރާމައިގެ އިންޓެލިޖެންސް މައުލޫމާތު ޔޫކްރެއިނާ ހިއްސާާކުރުން އެމެރިކާއިން ހުއްޓާލައިފި

6 މާރިޗު 2025 - 12:19 0

ވޮޝިންޓަން، އެމެރިކާ (މާޗު 5) - ޔޫކްރެއިނާ ރަޝިއާއާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އިންޓެލިޖެންސް މައުލޫމާތުތައް ދިނުން ހުއްޓާލައިފި އެވެ.

އެމެރިކާއިން މައުލޫމާތު ދިނުން ހުއްޓާލިއިރު ޔޫކްރެއިނަށް ފޯރުކޮށްދެމުންދިޔަ އަސްކަރީ އެހީތެރިކަން ވެސް ވަނީ މެދުކަނޑާލާފަ އެވެ. އެއާއެކު ޔޫކްރެއިންގެ ފްރޮންޓް ލައިންތަކަށް ބޭނުންވާ ހަތިޔާރު ދިނުން އެމެރިކާއިން ވަނީ ހުއްޓާލާފަ އެވެ.

ރަޝިއާގެ ހަމަލާތަކާ ގުޅޭ މައުލޫމާތުތަކާއި އަސްކަރީ ހަރަކާތްތަކުގެ މައުލޫމާތު އެމެރިކާއިން ދިޔައީ ޔޫކްރެއިނާ މިހައިތަނަށް ހިއްސާކުރަމުންނެވެ. ބެލެވޭ ގޮތުގައި މައުލޫމާތު ހިއްސާކުރުން ހުއްޓާލުމަކީ ވަގުތީ ގޮތުން އަޅާ ފިޔަވަޅެކެވެ.

އެމެރިކާ ސަރުކާރުގެ އިސްވެރިންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެމެރިކާއިން މިގޮތަށް އަމަލުކުރީ ރަޝިއާ އާއެކު ސުލްހައިގެ އެއްބަސްވުމަކަށް ދިޔުމަށް ޔޫކްރެއިނަށް މަޖުބޫރު ކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

އެމެރިކާގެ މި ނިންމުމާއެކު ޔޫރަޕުގެ ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.