Advertisement

އައްޑޫ ކަރަންޓު މައްސަލަ ހައްލު ކުރުމަށް އިހުތިޖާޖު ކުރުން ނޫން ގޮތެއް ނެތް: ނިޒާރު

5 މާރިޗު 2025 - 17:20 0

މުހައްމަދު ޝަހްޒާން

މ

Advertisement

އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު: އޭނާ ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް -- ފޮޓޯ: އަދަދު


އައްޑޫ ކަރަންޓު މައްސަލަ ހައްލު ކުރުމަށް އިހުތިޖާޖު ކުރުން ނޫން ގޮތެއް ނެތް: ނިޒާރު

5 މާރިޗު 2025 - 17:20 0

Advertisement

Advertisement

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން އިހުތިޖާޖު ކުރުން ކަމަށް އެ ސިޓީގެ މޭޔަރުު، އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ނިޒާރު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމާއި ހަޅުތާލު ކުރުމުގެ ހައްގު ރައްޔިތުން މިހާރު ބޭނުން ކުރަން ޖެހިފައިވާ ކަމަށެވެ.

Advertisement

"އައްޑޫ ސިޓީގެ ރައްޔިތުން ކަރަންތުގެ އަސާސީ ހައްގުން މަހުރޫމުކޮށް އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު އިހުމާލުވެފައިވުމާއި އަދި އެ މައްސަލަ ހައްލު ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބިގަތުމަށް އިޖުތިޖާޖު ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ދެކެން،" ނިޒާރުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އައްޑޫގެ އެކި ހިސާބުތަކުން މިއަދު ވެސް ކަރަންޓު ކަނޑަނީ

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އަނެއްކާވެސް ކަރަންޓު ކެނޑެން ފެށީ މައްސަލަ ޖެހުނު ތިން ޖަނަރޭޓަރު މަރާމާތު ކުރުމަށްފަހު އަނެއްކާވެސް މައްސަލަ ޖެހިގެން ކަމަށެވެ. މިކަމަށް ހައްލެއް ލިބޭނެ ދުވަހެއް ފެނަކައަށް ބުނެނުދެވޭކަން އޭނާ ފާހަގަކުރެއްވި

އައްޑޫގެ އެކި ހިސާބުތަކުން މިއަދު ވެސް ކަރަންޓު ކަނޑަނީ

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އަނެއްކާވެސް ކަރަންޓު ކެނޑެން ފެށީ މައްސަލަ ޖެހުނު ތިން ޖަނަރޭޓަރު މަރާމާތު ކުރުމަށްފަހު އަނެއްކާވެސް މައްސަލަ ޖެހިގެން ކަމަށެވެ. މިކަމަށް ހައްލެއް ލިބޭނެ ދުވަހެއް ފެނަކައަށް ބުނެނުދެވޭކަން އޭނާ ފާހަގަކުރެއްވި

Advertisement

އައްޑޫ ރައްޔިތުންނަށް ކުރިމަތިވަމުންދާ އުނދަގޫތަކަށް ހައްލު ހޯދަން އިޖުތިޖާޖަށް ނުކުންނަން ނިޒާރު ގޮވާލާފައިވާއިރު، އައްޑޫގެ ކަރަންޓުގެ މައްސަލަ މި ރޯދަ މަސް ފެށުމުގެ ކުރިން ހައްލު ކުރާނެ ކަމަށް ފެނަކައިން މީގެ ކުރިން ބުންޏެވެ.

ސްޓެލްކޯއާއެކު އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުމުގެ ދަށުން އައްޑޫއަށް 1.8 މެހަވަޓުގެ ޖަނަރޭޓަރެއް ގެންގޮސް އިތުރު ތިން ޖެނެރޭޓަރު މަރާމާތު ކުރަމުންދާ ކަމަށް މިދިޔަ ފެބްރުއަރީ 17، ގައި ފެނަކައިން ބުންޏެވެ. ނަމަވެސް އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލު ނުލިބި މި ރޯދަ މަހު ވެސް އެ ސިޓީން ދަނީ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަމުންނެވެ.

އެކަމާ ގުޅިގެން އައްޑޫ ރައްޔިތުންނާއި އެ ރައްޔިތުން ތަމްސީލު ކުރައްވާ މަޖިލިސް މެންބަރުން ވެސް ގެންދަވަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން ވެރިކަންކުރާ ޕީއެންސީން މިވަގުތު އެކަހެރިކޮށްފައިހުރި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އަށް ބޭނުންވާ ވަރަށް ކަރަންޑު އުފައްދަން އިންޖީނުތައް ނުގެންދެވެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.