މެޓާގެ އެންޓި ސްކޭމް ފޭޝަލް ރިކޮގްނިޝަން ޔޫކޭގައި ޓެސްޓް ކުރަނީ

6 މާރިޗު 2025 - 03:07 0

އަހުމަދު ދާއޫދު

އ


މެޓާގެ އެންޓި ސްކޭމް ފޭޝަލް ރިކޮގްނިޝަން ޔޫކޭގައި ޓެސްޓް ކުރަނީ

6 މާރިޗު 2025 - 03:07 0

ސޯޝަލް މީޑިއާގެ އެންމެ ބޮޑު އެއް ކުންފުނި، މެޓާއިން އެ ކުންފުނީގެ "އެންޓި ސްކޭމް ފޭޝަލް ރިކޮގްނިޝަން" ޓެކްނޮލޮޖީ އިނގިރޭސިވިލާތުގައި ޓެސްޓް ކުރުމުގެ ގޮތުން ދެ ޓޫލެއް ތައާރަފުކޮށްފި އެވެ. މިއީ މިދިޔަ އޮކްޓޯބަރު މަހު ބައިނަލްއަގުވާމީ ފެންވަރުގައި ތައާރަފުކުރި އާ ދެ ޓޫލެއްގެ ޓެސްޓެކެވެ.

މެޓާއިން ބުނީ މި ޓެކްނޮލޮޖީ ޔޫކޭގައި ތައާރަފުކުރުމުގެ ކުރިން އެ ގައުމުގެ ރެގިއުލޭޓަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ދެ ޓޫލްގެ ތެރެއިން އެއް ޓޫލަކީ މަޝްހޫރު މީހުންގެ ސިފަ ބޭނުންކޮށްގެން ހިންގާ މަކަރާއި ހީލަތް ހުއްޓުވުމަށް ބޭނުންކުރާ ޓޫލެކެވެ. އަނެއް ޓޫލަކީ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓްތަކަށް ވަދެ ހެކް ކުރުމުން އަނބުރާ އެކައުންޓް ހޯދުމަށް އެހީތެރިވެދޭ ޓޫލެކެވެ.

މެޓާއިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ހަފްތާތަކުގައި ޔޫކޭގެ މަޝްހޫރު މީހުންނަށް މި ހިދުމަތް ލިބޭނެ ގޮތުގެ އެންގުންތައް ފޭސްބުކުން ފެންނަން ފަށާނެއެވެ. އަދި އާންމު ޔޫޒަރުންނަށް ވީޑިއޯ ސެލްފީ ވެރިފިކޭޝަން ހިދުމަތްވެސް ލިބޭނެ އެވެ. މި ދެ ހިދުމަތަކީވެސް އިހުތިޔާރީ ހިދުމަތްތަކެކެވެ.

މެޓާއިން އިތުރަށް ބުނެފައިވަނީ މި ޓެކްނޮލޮޖީ ބޭނުންކުރެވޭނީ ހަމައެކަނި ބަޔާންކޮށްފައިވާ ބޭނުންތަކަށް ކަމަށެވެ. އެއީ މަކަރާއި ހީލަތުގެ އިޝްތިހާރުތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި ޔޫޒަރުން ވެރިފައި ކުރުމަށެވެ. އެހެން ބޭނުމަކަށް މި ޑޭޓާ ބޭނުމެއް ނުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މެޓާއިން ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ތައާރަފުކުރަމުން ދާއިރު، މި ކުންފުނިން ކުރިން ބޭނުންކުރި ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ 2021 ވަނަ އަހަރު ހުއްޓާލާފައިވާކަން ފާހަގަކޮށްލެވެ އެވެ. އޭރު މި ޓެކްނޮލޮޖީ ހުއްޓާލީ ޕްރައިވަސީއާ ގުޅޭ ކަންބޮޑުވުންތަކާ ހުރެއެވެ. އެހެންނަމަވެސް، މިހާރު ތަޢާރަފުކުރާ އައު ޓެކްނޮލޮޖީ އަކީ ވަކި ބޭނުންތަކަކަށް އަމާޒުކޮށް، ޔޫޒަރުންގެ ރުހުމާއެކު ތަޢާރަފުކުރެވޭ ޓެކްނޮލޮޖީއެކެވެ.