5 މާރިޗު 2025 - 14:27 0
ލީވާން އަލީ ނާސިރު
ކެނެބިސް: ރާއްޖެއަށް އެއް ކިލޯގެ ކެނެބިސް އެތެރެކުރަން އުޅެނިކޮށް ވަނީ އަތުލައިގަނެފައި
5 މާރިޗު 2025 - 14:27 0
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.07 ކިލޯގެ ކެނެބިސް ކަސްޓަމް ސާވިސް އިން އިއްޔެ އަތުލައިގަނެފި އެވެ.
ކަސްޓަމަސް އިން ބުނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނުކަން އެނގުނީ މޯލްޑިވްސް ޕޯސްޓް އޮފީހަށް ފޮނުވި ޕެކޭޖަކުން ކަމަށެވެ.
ކަސްޓަމްސް އިން އެ މައްސަލައާ ގުޅިގެން މިހާތަނަށް އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެ އެވެ. އެގޮތުން މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނުވެ އެވެ.
ރާއްޖެއަށް ޕޯސްޓު މެދުވެރިކޮށް މީގެ ކުރިން ވެސް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަނެފައިވެ އެވެ.
Comment