Advertisement

ޗެސް އެސޯސިއޭޝަނުގެ ރައީސް ޝިޔާން އިސްތިއުފާ ދިނީ އިތުބާރު ނެތް ކަމަށް ކްލަބްތަކުން ނިންމާފައިވަނިކޮށް

5 މާރިޗު 2025 - 13:37 0


ޗެސް އެސޯސިއޭޝަނުގެ ރައީސް ޝިޔާން އިސްތިއުފާ ދިނީ އިތުބާރު ނެތް ކަމަށް ކްލަބްތަކުން ނިންމާފައިވަނިކޮށް

5 މާރިޗު 2025 - 13:37 0

މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ)ގެ ރައީސަކަށް ހުންނެވި، ހުސެއިން ޝިޔާން، މަގާމުން އިސްތިއުފާ ދީފައިވަނީ، މެމްބަރު ކްލަބްތަކުން އޭނާގެ އިތުބާރު ނެތް ކަމަށް ނިންމާފައިވަނިކޮށްކަން ހާމަވެއްޖެ އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު، ބޭއްވި އެމްސީއޭގެ އާންމު ޖަލްސާގައި ބައިވެރިވި، ހަ ކްލަބުން ތާއީދުކޮށްފައިވާ ޝިޔާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާ އެކު، އޭނާ ވަނީ މަގާމުން އިސްތިއުފާދިނުމަށް ފަހު، ޖަލްސާ ދޫކޮށްފަ އެވެ.

އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ދެ ވަނަ ދައުރެއް ފުރިހަަމަ ކުރައްވަމުން އައި، ޝިޔާންގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ނިންމި މައްސަލައިގައި، ކްލަބްތަކުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ، ޗެސް އެސޯސިއޭޝަންގެ ފައިސާ އަށް ހިޔާނަތްތެރިވުމާއި އެސޯސިއޭޝަން ހިންގުމުގެ އެކިއެކި ކަންކަމުގައި އުސޫލާ ހިލާފަށް ކަންކަން ކޮށްފައިވާތީ އެވެ.

އިސްތިއުފާއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް، "އަދަދު ސްޕޯޓްސް" އިން، ޝިޔާން އަށް، މިއަދު ގުޅުމުން ވިދާޅުވީ، އެސޯސިއޭޝަނުން އިސްތިއުފާ ދިން ފަހުން ވަރަށް ދުވަސްވެފައިވާ ކަމަށާއި، އިސްތިއުފާ ދިން ސަބަބާ ގުޅޭގޮތުން، "މި ވަގުތު ދެން ދައްކާނެ ވާހަަކައެއް ނެތް" ކަމަށެވެ.

ޗެސް އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައިވާ ގޮތުން، މަގާމުން އިސްތިއުފާ ދިންކަމުގެ ކަންކަން ކުރިއަށްގެންދަން ޖެހޭނީ ލިޔުމަކުން ހުށަހަޅައިގެންނެވެ. އަދި، ޝިޔާން، އިސްތިއުފާ ދިނީ ހިންގާ ގަވާއިދާ އެއްގޮތަށް ކަމަށްނުވާއިރު، އޭގެ ކުރިން، ކްލަބްތަކުން ވަނީ ޝިޔާންގެ އިތުބާރު ނެތް ކަމަށް ނިންމައިފަ އެވެ.