3 މާރިޗު 2025 - 17:02 0
ލީވާން އަލީ ނާސިރު
ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި ކާށިތަކެއް: އެސްޓީއޯއިން ވަނީ ކާށީގެ ސްޓޮކް އާކޮށް ކިލޯއެއް 20ރ. އަށް ވިއްކަން ފަށާފައި -- ފޮޓޯ: އަދަދު
3 މާރިޗު 2025 - 17:02 0
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިންޑިއާގެ އާ ކާށި ސްޓޮކެއް ބާޒާރަށް ނެރި، ކިލޯއެއް 20ރ. އަށް މިއަދު ވިއްކަން ފަށައިފި އެވެ.
އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އިން ކާށި ކިލޯއެއް 20ރ. އަށް ވިއްކާއިރު ސައިޒުގެ ގޮތުން ކާއްޓެއްގެ އަގު 9ރ. އަށް ވެސް ޖެހެ އެވެ.
އެސްޓީއޯއިން މިއަދު ކާށީގެ ސްޓޮކް އާކޮށް ވިއްކަން ފެށުމުގެ ކުރިން ބާޒާރުގައި ކާށި މަދުވެ ކާއްޓެއްގެ އަގު 40ރ. އަށް އަރައިގެން ދިޔަ އެވެ.
ރޯދަ މަސް ފެށުމުގެ ކުރިން ފެބްރުއަރީ 14، ގައި އެސްޓީއޯއިން ކާށީގެ ސްޓޮކެއް ބާޒާރަށް ނެރުނެވެ. ނަމަވެސް އޭރު އެސްޓީއޯއިން ކާއްޓެއް ވިއްކާފައި ވަނީ 5ރ. އަށެވެ. އޭރު އެސްޓީއޯއިން ބާޒާރަށް ކާށި ނެރުނުއިރު ބާޒާރުގައި ކާއްޓެއްގެ އަގު 10ރ. އަށް އުފުލުނެވެ.
އެސްޓީއޯ އިން އަންނަނީ ރޯދަ މަހަށް ހާއްސަކޮށް ފިޔާ، އަލުވި، ލޮނުމެދު، ބިސް އަދި ލުނބޯފަދަ ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށް އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެސްޓީއޯ އިން ތަކެތީގެ އަގު ކަނޑައަޅަމުން ދަނީ ބާޒާރުގެ އަގަށް ރިއާޔަތްކޮށް އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެ ކުންފުނިން ވިއްކާ އަގަށް ވެސް ބަދަލު ގެނެސްގެން ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment