Advertisement

ބީއެމްއެލް އެޕް އަދި ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ

3 މާރިޗު 2025 - 22:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބީއެމްއެލްގެ އެޕް ބޭނުންކުރަނީ: އެ އެޕް މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލް އެޕް އަދި ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ

3 މާރިޗު 2025 - 22:11 0

މި އަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕް އަދި ޒަކާތް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭ ގޮތް އެ ބޭންކުން ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ މޮބައިލް އެޕް މެދުވެރިކޮށް ޒަކާތް ދައްކާނަމަ އެޕްލިކޭޝަންގެ "More" ޖަހާފައިވާ ޓެބަށް ފިއްތާލުމުން ޒަކާތް ދެއްކުމަށް ބޭނުންވާ ލިންކް ފެންނާނެ ކަމަށެވެ.

ބީއެމްއެލް އެޕްގެ އިތުރުން ޒަކާތް ޕޯޓަލް މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް މޮބައިލް އެޕް އަދި ބީއެމްއެލް ޒަކާތް ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ 26 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖެހުމާ އާ ހަމައަށް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.