3 މާރިޗު 2025 - 13:06 0
ލީވާން އަލީ ނާސިރު
3 މާރިޗު 2025 - 13:06 0
ފަސޭހަ ކަމާއި ރަހައިގެ ފޮށި ތާރީހެއް އޮތް އެމެރިކާގެ ކޭކް މިކްސް، ބެޓީ ކްރޮކާ އަކީ ދިވެހިންގެ ވެސް އެންމެ މަގުބޫލް، އަދި ކޭކަށް ލޯބިކުރާ މީހުންނަށް ލުއިކޮށްލަ ދިން މަރުކާ އެވެ. މީގެއިތުރުން އެ އުފެއްދުމަކީ އެމެރިކާގެ އިތުރުން ދުނިޔޭގައި ވެސް އެންމެ ނަން ހިންގާ ބްރޭންޑެވެ.
އާދައިގެ ބަދިގެތައް، ހަލަބޮލި ބޭކަރީތަކެކޭ ނުވަތަ ކޭކް ޝޮޕްތަކޭ އެއްފަދަކޮށްލި މި އުފެއްދުމުގެ 34 ވައްތަރެއް ދަނީ ވިއްކަމުންނެވެ. ބިހާއި، ފުށާއި ހަކުރާއި، އެސެކްސާއި މި ހުރިހާ ބާވަތެއް މިންކޮށް، މޮޑެ، ކޭކު ފިހުމަށް އުފަލަންޖެހޭ ތަކުލީފު، ބެޓީ ކްރޮކާއާއެކު ލުއިކޮށް ދިނެވެ.
މި މަރުކާގައި ނޯބޭކް ކޭކް މިކްސް ވެސް އެބަ ހުއްޓެވެ.
މި އުފެއްދުމުގެ މާކެޓް ޝެއާއަށް ބަލާއިރު އެމެރިކާގެ ބާޒާރުގައި ކޭކް މިކްސްގެ 46 ޕަސަންޓު ހިއްސާ ކުރަނީ ބެޓީ ކްރޮކާ އެވެ. އެ ބްރޭންޑާ އެންމެ ގާތުން ވާދަކުރާ ޑަންކަން ހައިންސްގެ މާކެޓް ޝެއާ އެމެރިކާގައި އުޅެނީ 25 ޕަސަންޓުގަ އެވެ.
ރާއްޖޭގެ ބާޒާރުގައި ބެޓީ ކްރޮކާގެ ކޭކް މިކްސް ވިއްކާތާ އެތައް އަހަރެއް ވެފައި ވާއިރު، އޭގެ ފަސޭހަކަމާއި ފެންވަރާއި ބަދަލެއް ނުވި ރަހަ އަކީ، އާންމުންނާއި ޝެފުން އަދި ކޭކު ތައްޔާރުކުރާ މީހުންގެ އިތުބާރު ނުގެއްލި ހިފަހައްޓަމުންދާ މައިގަނޑު ސަބަބެވެ.
މި މަރުކާގެ އުފެއްދުންތަކެއް ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ވީބީ ބްރަދާސްއިންނެވެ. ވީބީ ބްރަދާސްގެ ރީޓެއިލް ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލޭގައި ހުންނައިރު، ހޯލްސޭލް ޑިސްޓްރިބިއުޝަން ސެންޓަރުތައް އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ހުރެ އެވެ.
Comment