1 މާރިޗު 2025 - 13:02 0
ލީވާން އަލީ ނާސިރު
ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކެއް: އެ ބޭންކުން ކުރިއަށް ގެންދާ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަނާ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ވަނީ ގުޅިފައި -- ފޮޓޯ: އަދަދު
1 މާރިޗު 2025 - 13:02 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޯދަ މަހަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަނާ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ވެސް ގުޅިއްޖެ އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ ކާޑުން ވިޔަފާރި ކޮށްގެން އެ ތިން ފިހާރަ އިން ވެސް ކޮންމެ ދުވަހަކު ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މާޗު 1، އިން ފެށިގެން އޭޕްރީލް 7، ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި އެ ތިން ފިހާރައިން 300ރ. އިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް ކޮންމެ ދުވަހަކު 2،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެ އެވެ.
ބީއެމްއެލް އިން ކުރިއަށް ގެންދާ ރަން ފުރުސަތު ރޯދަ ޕްރޮމޯޝަންގައި ރެޑްވޭވް އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފިހާރަތައް ވެސް ވަނީ ބައިވެރިވެފަ އެވެ.
ބީއެމްއެލް އިން ކޮންމެ ރޯދަ މަހަކާ ދިމާކޮށް ވެސް ކަސްޓަމަރުންނަށް ގިނަ އިނާމުތައް ލިބޭ ތަފާތު އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.
Comment