Advertisement

ރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއް

27 ފެބުރުވަރީ 2025 - 09:25 0

ކ. ކާށިދޫ

އަތޫފް އާތިފް

އަތޫފް އާތިފް


ރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއް

27 ފެބުރުވަރީ 2025 - 09:25 0

ކ. ކާށިދޫ

ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް, ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ކާމިޔާބުކުރި ކ. ކާށިދޫ ޓީމަށް އެ ރަށު ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާ އެއް ކިޔައިފި އެވެ.

ކާށިދޫ އިން މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރި ފައިނަލުގައި, ހދ. ނައިވާދޫގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކުރިހޯދައިގެންނެވެ.

މި މުބާރާތުގެ ފައިނަލަށް ކާށިދޫ ދިޔުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ. ފައިނަލަށް ކާށިދޫ އިން ކުރި ދަތުރުގައި އެ ޓީމު ވަނީ ބޮޑެތި ގިނަ ޓީމުތަކެއް ބަލިކޮށްފަ އެވެ. އެ ގޮތުން ކ. އަތޮޅު ސެމީ ފައިނަލުގައި ގާފަރު ބަލިކުރިއިރު, ގަދަ 16 ގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު, ތ. ތިމަރަފުށި ބަލިކުރި އެވެ. ކުއާޓާ ފައިނަލުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ތިބި ވިލިމާލެގެ މައްޗަށް ކުރި ހޯދިއިރު، ސެމީ ފައިނަލުގައި މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށްވާ ގދ. ވާދޫގެ މައްޗަށް ކުރިހޯދި އެވެ.

ޗެމްޕިއަން ތައްޓާއެކު ކާށިދޫ ޓީމު އެ ރަށަށް ފޭބުމުން ރަށުން ޓީމަށް މަރުހަބާކިއީ ރަށުގެ ކައުންސިލްގެ ފަރާތުންނެވެ. އަދި ޓީމަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

މި ރަސްމިއްޔާތުގައި ކާށިދޫގެ އާންމުގެ ފަރާތުން ޝުއޫރުފާޅުކުރުން ކުރިއަށްދިޔައިރު, އާންމުން ވަނީ ފުޓްސަލްގެ ރަސްކަމަށް ކާށިދޫ އެރުން އެއީ ކުރިން އެ ރަށު ރައްޔިތުން ނުދެކޭ ހުވަފެނެއް ކަމަށް ބުނެފަ އެވެ. އަދި އެ ކާމިޔާބީ ކުރިއަށް އޮތްތަނުގައި ތަކުރާރުކުރާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބުނެފައިވެ އެވެ.