27 ފެބުރުވަރީ 2025 - 16:09 0
ލީވާން އަލީ ނާސިރު
27 ފެބުރުވަރީ 2025 - 16:09 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަނާ އެސްޓީއޯ ޖެނެރަލް ޓްރޭޑިން ގުޅިއްޖެ އެވެ.
އަންނަ އެޕްރިލް 7، ގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 300ރ. އަށްވުރެ މަތިން ވިޔަފާރި ކޮށްގެންނެވެ. .
މިގޮތުން ބީއެމްއެލް އިން ބުނީ އެ ޕްރޮމޯޝަނުގައި އެސްޓީއޯގެ ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަވާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާ މާދަމާ ނިމޭއިރު، ބީއެމްއެލްގެ ކާޑޫން އެސްޓީއޯ އިން ވިޔަފާރި ކޮށްގެން ދެ މީހަކަށް 5،000ރ. ގެ އެސްޓީއޯ ގިފްޓް ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން މާޗު 1، އިން ފެށިގެން އެޕްރިލް 7، ގެ ނިޔަލަށް އެސްޓީއޯއިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment